twitterviber whatsapp telegramfacebookyoutube instagram
21st July 2019

އުގެއިލް ފައުންޑޭޝަންގެ އޭ.އައި ޓައިޓަލް ސްޕޮންސަރަކަށް އޫރިދޫ

ނަބީލާ އިސްމާޢީލް
Jul 5, 2019

ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމުގެ މަގްސަދުގައި އުގެއިލް ފައުންޑޭޝަން އިން ބާއްވާ އޭ.އައި. މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ވެއްޖެވެ.

އޭ.އައި (އާޓިފިޝަލް އިންޓެލިޖަންސް) މޯލްޑިވްސް 2019 އަށް އުރީދޫ މޯލްޑިވްސް އާއި އުގެއިލް ފައުންޑޭޝަނުން ގުޅިއްޖެއެވެ. މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ އަކީ އަންނަމަހު 26 އިން 28 ގެ ނިޔަލަށް އއ. އުކުޅަހުގައި ކުރިއަށްދާނެ އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް 2019، ސްކީމާ 2019 އަދި އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސަރ އެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ހާމަކުރެއްވި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމުގައެވެ. މިގޮތުން އޭ.އައި މޯލްޑިވްސް 2019 ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި އޭ.އައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާއިމެދު ހޭލުންތެރިކަން އިތުރުކޮށް އޭ.އައި ހިމެނޭ އީޖާދީ ހިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ. އޭ.އައި މޯލްޑިވްސް 2019ގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ ލިބުނު ފަހުރެއް ކަމަށާއި އަދި މި އިވެންޓު އިތުރަށް ފުރިހަމަކޮށް ފައިދާހުރި ޕުލެޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަން އަށް ފޯރުކޮށްދޭނެކަމަށެވެ.

އުގެއިލް ފައުންޑޭޝަންގެ ފައުންޑަރ އަދި ރައީސް ޕްރޮފެސަރ ހަސަން އުގެއިލް ހާމަކުރެއްވި ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުން ސަތޭކަ އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭ.އައި މޯލްޑިވްސް 2019 އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް އާލާކުރުމަށް އެކުންފުނިންދޭ އަހަމިއްޔަތު އެނގިގެންދާ ކަމެއް ކަމަށެވެ.

އޭ.އައި މޯލްޑިވްސް މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުންނާއި އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ބައިވެރިވެ މި މުހިންމު ދާއިރާގެ ފަހުގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރާނެއެވެ. މި މަހާސިންތާ އަކީ 2019ގެ އައި.އީ.އީ.އީ ސްޕޮންސަރ ކޮށްފައިވާ އިންޓަނޭޝަނަލް ކޮންފަރަންސް އޮން ސޮފްޓްވެއާ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އަދި އެޕްލިކޭޝަންސް ނުވަތަ ސްކީމާ 2019ގެ ބަޔެކެވެ.

މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެއެވެ. މި ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އައު އުފެއްދުންތައް ދައްކާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355