twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާފު ދިނުމުގެ ބާރުއޮތަސް ލުތުފީއަށް މާފެއް ނުދޭނަން: ރައީސް

ޚަދީޖާ އާދަމް
Jul 4, 2019

މާފު ދިނުމުގެ ބާރު އޮތް ނަމަވެސް ލުތުފީއަށް މާފު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއީ މި ގައުމުގެ އެންމެ ބޮޑު ހާއިނު ކަމަށާއި މި ސަރުކާރުން ބޭނުން ވަނީ ލުތުފީ މާލެ ގެނެސް ޖަލަށްލުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަނުކޮށް ލުތުފީ ގެންނަން ބޭނުން ނުވާ ކަމަށެވެ. ލުތުފީ ގެނައުން ލަސްވަމުން ދަނީ ލަންކާގެ ބަންޑާރަ ނައިބު އޮފީހުގެ ލިޔުމެއް ނުލިބިގެން ކަމަށާއި އެ ލިޔުން ވަރަށް އަވަހަށް ވެސް ލިބިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލިބުމާއެކު އޭނާ މާލެ ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ހުއްދަތައް ނުލިބި ވަގަށް ލުތުފީ ގެންނަން ބޭނުން ނުވަނީ އަނެއްކާވެސް އޭނާ ސަރުކާރުގެ އަތް ދަށުން ދޫވުމަށް ޖާގަ ދޭން ބޭނުން ނުވާތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލުތުފީއަކީ ފިލައިގެން އުޅޭ މީހަކަށްވާތީ އިއްޔެ ވަނީ އޭނާ ލަންކާގެ ސީއައިޑީއަށް ހާޒިރުކޮށް ބަޔާނެއް ނަގާފަ ކަމަށެވެ. އެ ބަޔާން ނެގުމަށްފަހު އޭނާ ރާއްޖެ ގެންދިޔުމުގައި މައްސަލައެއް ނެތް ކަމަށް ސީއައިޑީއިން އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގުމުން ދެން ބަންޑާރަ ނައިބުގެ ލިޔުން ލިބުމަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ލުތުފީ ގެންނަން ކުރަން ޖެހޭ ހޭދައަކީ ވިސާ އާނުކޮށް އޮތުމުން ދައްކަން ޖެހޭ 3،000 ޑޮލަރުގެ ޖޫރިމަނާގެ އިތުރުން ޓިކެޓްގެ އަގު ކަމަށެވެ. އެ ސަރުކާރުން ދައްކައިގެން ލުތުފީ މާލެ ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355