twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ

އިބްރާހިމް ހަމީދު
Jul 4, 2019
6

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށީ ބަނދަރު ހެދުމުގެ މުޅި ޕްރޮޖެކެޓްގެ 34 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

"ބަނދަރުކޮނެ ފުންކުރުމުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ބޭރުތޮށިލުމާއި އެއްގަމު ކީވޯލް މަސައްކަތާއި އެބަނދަރުގައި އެއްބުރިއަށް ހަދަން ނިންމާފައިވާ މަސްމާރުކޭޓުގެ ޕައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ވަރަށް އަވަހަށް ޓާމިނަލްގެ މަސައްކަތް ފެށޭނެކަމަށް." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު މައްސަލައެއް ދިމާނުވެ މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު ޕްރޮޖެކެޓްގެ މުއްދަތުގެތެރޭގައި ( 450 ދުވަސް ) ތެރޭގައި ހަވާލުކޮށްފައިވާ ގޮތަށް ބަނދަރު ގެ މަސައްކަތް ނިންމާލެވޭނޭކަމަށެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެއް މިމަޝްރޫއުއަކީ 126.9 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށާއި ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355