twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީން ސްކޫލުގެ ޖޫނިއަރ ކެޑޭޓުން އިޤުރާރުވެ ސީނިއާ ކެޑޭޓުން ހުވާކޮށް ހަތިޔާރާ ހަވާލުވެއްޖެ!

Jul 8, 2019

އަފީފުއްދީން ސްކޫލުގެ ޖޫނިއަރ ކެޑޭޓުން އިޤުރާރުވުމާ ސީނިއާ ކެޑޭޓުން ހުވާކޮށް ހަތިޔާރާ ހަވާލުވުމުގެ ރަސްމިއްޔާތު ހޮނިހިރުދުވަހު އެސްކޫލުގައި ބާއްވައިފި އެވެ.

މިރަސްމިއްޔާތުގައި 26 ސީނިއަރ ކެޑޭޓުން ހުވާކޮށް ހަތިޔާރާ ހަވާލުވެފައިވާއިރު، 58 ޖޫނިއަރ ކެޑޭޓުން އިގުރާރުވެފައި ވެއެވެ. މުޅިއެކު 136 ކޭޑޭޓުންވަނީ ކެޑޭޓު އަޒުމްގައިބައިވެރިވެފަ އެވެ.

ރަށުގެ ގިނަ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހދ. އެޓޯލް ކޮމާންޑަރ އިނިސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުޢައިބެވެ.

ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ކެޑޭޓުންނަކީ ޤައުމު ގޮވާލި ކޮންމެ ވަގުތެއްގައި ޤައުމަށް ޚިދުމަތްކުރަން ތައްޔާރަށް ތިބޭ ބަޔަކަށް ވާންޖެހޭނެ ކަމަށާއި އެކަންކުރެވޭނީ ކެޑޭޓު ތަމްރީނުތަކުގައި ލިބިގެންދާ ހުނަރުތައް އަމިއްލަ ދިރިއުޅުމުންފެނިގެން ދިއުމުންކަމުގައި ވިދާޅުވި އެވެ. އަދި މީގެ އިތުރުން ކެޑޭޓުންނަކީ ވަރަށް ހިއްވަރުގަދަ ބަޔަކަށް ވާންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސްކޫލުގެ ޕްރިންސިޕަލް ނާޞިޙާ އިދުރީސްގެ ވާހަކަފުޅުގައި 3 އަހަރުފަހުން މިރަސްމިއްޔާތު ބޭއްވުމުގައި އެހީތެރިވެ ދެއްވެވި އެންމެހާ ފަރާތްތަކަށް ޚާއްޞަކޮށް ސްކޫލުގެ ސްޓާފުންގެތެރެއިން ކެޑޭޓު ޙަރަކާތުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކެޑޭޓު ދަރިވަރުންގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ކެޑޭޓްދަރިވަރުން ވާންޖެހޭނީ ކެތްތެރި ނަމޫނާ ދަރިވަރުން ތަކެއްކަމުގައި ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސީނިއަރ ކެޑޭޓުންނަށް ހުވާލާދެއްވެވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމެވެ. ސީނިއަރ ކެޑޭޓުންނާ ހަތިޔާރު ޙަވާލުކޮށްދެއްވެވީ އެމްއެންޑީއެފް މެރީންޑިޕްލޯއިމަންޓް ޔުނިޓް6ގެ ކޮމާންޑަރ ކެޕްޓަން މުޙައްމަދު އިޝްފާނެވެ. ކެޑޭޓުންނަށް ޢަޒުމު ލައިދެއްވެވީ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ލެފްޓިނެންޓް ޙަމްދޫން ރަޝީދެވެ.

އަފީފުއްދީން ސްކޫލުގައި ރަސްމީ ސިފައެއްގައި ކެޑޭޓްޙަރަކާތް ފެށިފައި ވަނީ 2015ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 8ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355