twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރިވެލި އެވޯޑް ލިބުނު 21 ފަރާތްތަކުގެ ތެރޭގައި އަލީ އަމްޖަދު!

Jul 8, 2019
4

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑް، ކުޅުދުއްފުށީ، ރަބީއު/ އަލްހާފިޒު އަލީ އަމްޖަދުއަށް ލިބިއްްޖެ އެވެ.

ރިވެލި އެވޯޑް އަލީ އަމްޖަދުގެ އިތުރުން 20 ފަރާތްތަކަށް ވަނީ ލިބިފަ އެވެ. އިސްލާމިކް މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފެވެ. އަލީ އަމުޖަދުގެ އެވޯޑާ ހަވާލުވީ އޭނާގެ ކޮއްކޮ އެވެ.

އަލްހާފީޒު އަލީ އަމުޖަދަކީ ލޯ ފަން ބޭފުޅެކެވެ. ނަމަވެސް އޭނާ ފާހަގަކުރެވިފައިވަނީ ހިތްވަރު ގަދަ ނަމޫނާ ފަރާތެއްގެ ގޮތުގައި އެވެ. އެގޮތުން އަލީ އަމުޖަދު އަންނަނީ ރޯދަމަހު އިމާމުވެ ތަރާވީހް ނަމާދުކުރަމުންނެވެ. އަދި އޭނާ އަންނަނީ ރާއްޖޭގައި ހިންގާ ލޯ ފަން ކުދިންގެ ޖަމިއްޔާގައި އިސް ރޯލެއް އަދާކުރަމުންނެވެ.

އެވޯޑް ލިބުނު ފަރާތްތައް

  • މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ، މ.މުލައް،
  • އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ، ލ.މާވައް
  • މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ
  • ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ.ހިންނަވަރު
  • އަލްހާފިޒު އަލީ އަމްޖަދު، ރަބީއު، ހދ.ކުޅުދުއްފުށި
  • ޝަފީނާޒް ސައީދު، ހީނާމާގެ، ގއ.ކޮލަމާފުށި
  • ރަޙުމާ އީސާ، ހ.ފިލްމީ ސައިޓް
  • ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ.ފޭދޫ
  • ނަޙްވާން ޔޫސުފް، ތަންހަޅިއާގެ، ޅ.ނައިފަރު
  • އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ
  • ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
  • އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
  • މަރިޔަމް ލުމައިހާ އާދިލް، މ.ސާނިޔާ
  • މުޙައްމަދު ނިޔާފް، ލޫބިޔާ، ލ.ފޮނަދޫ
  • ވަސްމީ ވަހީދު، ސޯސަންމާގެ، ބ.ތުޅާދޫ
  • ޢަލީ އަމީން، ގ.ރަންރީދޫގެ
  • މޯލްޑިވްސް އޯޓިޒަމް ސެންޓާ
  • ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
  • ރޭޑިއޯ އެޓޯލް

މިނިސްޓްރީ އޮފް ޖެންޑަރ އާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްގުތައް ޙިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެމުން އަންނަ ރިވެލި އެވޯޑު މިއަހަރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިންގެ ހައްގުތަކަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355