twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި ސައިކަލު ސްޕެއަރ ޕާރޓްސް ވިއްކާ ފިހާރައެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jul 8, 2019

ކުޅުދުއްފުށީގައި ސައިކަލު ސްޕެއަރ ޕާޓްސް ވިއްކާ ފިހާރައެއް ހުޅުވައިފި އެެވެ. ބަންޑާރަމަގު މިންވަރު ފިހާރަ ދެކުނު ޖެހިގެން ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ މިރޭ އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ރައީސް އަބުދުލް ލަތީފެވެ.

"ޒެޑް އެޗް މޮޓޯސް"ގެ ނަމުގައި މި ހުޅުވި ފިހާރައަކީ ފުޅާ ދާއިރާއެއްގައި އެލުމެނިއަމްގެ ވިޔަފާރިކުރަމުންދާ ޒެޑް އެޗް އެލުމިނިއަންގެ ވެރިޔާ ހުސެއިން ހަބީބުގެ ފިހާރަ އެކެވެ. މި ފިހާރައިގައި ހުރިހާ ބުރޭންޑްތަކުގެ ސައިކަލާއި ގުޅޭ ސްޕެއަރ ވިއްކަ އެވެ.

މިހަފުލާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މިފަދަ ކޮންމެ އިންވެސްޓްމަންޓަކުން ރަށަށް އެކިގޮތްގޮތުން ފައިދާކުރާނެ ކަމަށެވެ. ސައިކަލް ސްޕެއަރ ޕާޓްސްގެ ވިޔަފާރިއަކީ ކުޅުދުއްފުއްޓަށް ވަރަށް މުހިންމު ވިޔަފާރިއެއް ކަމަށާއި މިފަދަ ވިޔަފާރިތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އެދިލެއްވި އެވެ.

މި ވިޔަފާރީގެ އޯނަރު ހުސެއިން ހަބީބު ވިދާޅުވީ އެކި ބުރޭންޑްތަކުގެ ސައިކަލް ސްޕެއަރ ލިބެން ހުންނާނެ ކަމަށާއި ލިބެން ނުހުންނަށް ސްޕެއަރ ޕާޓްސް އޯޑަރު ދިނުމުން 15 ވަރަކަށް ދުވަސްތެރޭގައި ގެނެސްދޭނެ ކަމަށެވެ. މިވަގުތު ސައިކަލް ސްޕެއަރ ޕާޓްސް އެކަނި ވިއްކި ނަމަވެސް ކުރިއަށް އޮތްތާ ކާރު ފަދަ ވެހިކަލުތަކުގެ ސްޕެއަރ ވެސް ގެންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355