twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީޓަރ ކްރައުޗް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފި

ޚަދީޖާ އާދަމް
Jul 14, 2019

އުމުރުން 38 އަހަރުގެ ކުރީގެ އިނގިރޭސި ޓީމްގެ ސްޓްރައިކަރ ޕީޓަރ ކްރައުޗް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމިކޮށް އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ކްރައުޗް އިނގިރޭސި ލީގުގައި ފުރަތަމަ ކުޅެން ފަށާފައިވަނީ 2000 ގައި ފުޓްބޯޅަ ކްލަބް ކިއު ޕީ އާރ އަށެވެ. މީ ގެ އިތުރުން މިލީގް ގައި މިހާތަނަށް ކްރައުޗް ވަނީ ލިވަރޕޫލް، ޓޮޓެންހަމް އަދި ސްޓޯކަ އަށް ކުޅެދީފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގް ގައި 468 މެޗް ކުޅެދީ ޖުމްލަ 108 ލަނޑު ކާމިޔާބު ކޮށްދީފައިވާ ކްރައުޗް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރި ކޮށެވެ.

އުމުރުން 40 އަހަރު ވަންދެން ކުޅުމުގެ އުންމީދުގައި ހުރިކަމަށް ކުރިން ބުނެފައިވާ ކްރައުޗް ވަނީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެކި ގޮތްގޮތުން އެހީތެރި ވެދިން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

ކްރައުޗް ވަނީ އެކި ފުޓްބޯޅް ލީގުތަކުން ޖުމްލަ 11 ޓީމަށް ކުޅެދީ ލިވަރޕޫލާއެކު އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށް އެ ޓީމާއެކު ޗެމްޕިއަން ލީގުގެ ފައިނަލްވެސް ކުޅެފަ އެވެ.

އިސްކޮޅުން އެންމެ ދިގު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކްރައުޗް ވަނީ ކްލަބް ލެވެލް ގައި ގިނަ މެޗުތަކެއް ކުޅެ ގިނަ ގޯލްތަކެއް ޖަހައިދީފަ އެވެ.

ކްރައުޗް ވަނީ އިނގިރޭސި ގައުމީ ޓީމަށް 2005 ފެށިގެން 42 މެޗް ކުޅެދީ 22 ގޯލް ޖަހައި ދީފަ އެވެ. ކްރައުޗް ބުނެފައިވާ ގޮތިގައި ކުޅުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ހިތްދަތި ނިންމުމެއް ކަމަށާއި ނަމަވެސް މީ މިކަމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށެވެ.

ގިނަ ފުޓްބޯޅަ ލެޖެންޑުން ވަނީ ރަސްމީކޮށް ކްރައުޗް ގެ ފާގަތި ފޫޓްބޯޅައިގެ ހަޔާތަށް ތައުރީފް ކޮށް އެމީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355