twitterviber whatsapp telegramfacebookyoutube instagram
27th July 2026

ބޫލް ބުލައްޔާގެ ސީކުއަލް އިން އަކްޝޭ ފެންނާނެތަ؟

ޚަދީޖާ އާދަމް
Jul 14, 2019
1

2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'ބޫލް ބުލައްޔާ" ގެ ސީކުއަލް އިއުލާން ކުރި ހިސާބުން ގިނަ ބައެއްގެ ސުވާލަކަށް ވީ ފިލްމުގެ ދެވަނަ ބައިން އަކްޝޭ ފެންނާނެ ތޯއެވެ.

ސަބަބަކީ ސީކުއަލް އިއުލާން ކުރި އިރު އަކްޝޭގެ އެ ފިލްމުން ފެންނާނެ ކަމުގެ ޔަގީންކަން ދީފައި ނެތުމެވެ.

ފުރަތަމަ ފިލްމުގައި އަކްޝޭ ކުޅެފައިވަނީ ލީޑް ރޯލެކެވެ. ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ސީކުއަލްގެ ލީޑް ރޯލު ކާތިކް އާރިޔަން ވެސް ވަނީ ހުށައަޅާފަ އެވެ. ނަމަވެސް އެންމެ ފަހުގެ ހަބަރުތަކުން އަކްޝޭވެސް ފިލްމުން ފެނިގެންދާނެ ފަދަ ވާހަކަތަކެއް ދެކެވިފައި ވެއެވެ.

އެހެންނަމަވެސް ފެންނާނެ ރޯލެއް ޔަގީން ނުވާއިރު ފުރަތަމަ ފިލްމާ ސީކުއަލްއާ ހުންނާނީ ކިހާވަރެއްގެ ގުޅުމެއްވެސް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފިލްމާ ބެހޭ މާބޮޑު ތަފްސީލެއް މީޑިއާގައި ހިއްސާކޮށްފައި ނުވާއިރު އެންމެންވެސް މިހާރު އިންތިޒާރު ކުރަނީ ފިލްމުގެ ފައިނަލް ކާސްޓުންގެ ލިސްޓް އާންމު ކުރާނެ އިރަކަށެވެ.

މި ވަގުތު އަކްޝޭ މަސައްކަތް ކުރަމުން ދަނީ ރޯހިތު ސެޓީގެ ސޫރިޔަވަންސީގަ އެވެ. މި ފިލްމު ބެލުންތެރިންނާއި ހިސަބަށް އަންނާނީ އަންނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355