twitterviber whatsapp telegramfacebookyoutube instagram
11th December 2023

ތޯރ: ލަވް އެންޑް ތަންޑާ، މާވެލްގައި ކްރިސްގެ ފަހު ފިލްމަށް ވެދާނެ

Jun 20, 2022

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ލިބިފައިވާ ތޯރ ފްރެންޗައިސްގެ ކުރިއަށް އޮތީ "ތޯރ: ލަވް އެންޑް ތަންޑާ" އެވެ.

މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނަ ޖުލައި މަހު އަންނާނެވެ. ފިލްމާއި އެއްވަރަށް ތޯރ ގެ ކެރެކްޓާ ކުޅޭ ކްރިސް ހެމްސްވޯތަކީވެސް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ތަރި އެކެވެ. ނަމަވެސް މި ފަހަރު މި އޮތީ ބެލުންތެރިންނަށް ހިތާމަވެރި ހަބަރެކެވެ.

11 އަހަރު ވަންދެން ކުޅުނު އެކެރެކްޓާ ދޫކޮށްލާ ކަހަލަ އިޝާރާތެއް އޭނާ ކޮށްފައިވާއިރު، މިއީ މާވެލް ސްޓޫޑިއޯއާއެކު އޭނާ ކުޅޭން ފަހު ފިލްމަށް ވެދާނެކަމަށް ކްރިސް ވަނީބުނެފައެވެ.

ފްރެންޗައިސްއާއި ވަކިވާ ވާހަކަ ދައްކާފައިވާއިރު ތޯރ އަކީ އެނާގެ ފުރަތަމަ ބޮޑު ބްރޭކްކަންވެސް ފާހަގަކޮށްލެވެއެވެ. މިއީ މި ފްރެންޗައިސްގެ 4 ވަނަ ފިލްމެވެ. ފުރަތަމަ ފިލްމު "ތޯރ" ނެރުނީ 2011 ވަނަ އަހަރުއެވެ. އެއަށްފަހު "ތޯރ: ދަ ޑާކް ވޯލްޑް" 2013 ގައި ނެރުނު އިރު "ތޯރ: ރެގްނަރޮކް" 2017 ވަނީ ނެރެފައެވެ.

ކްރިސް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ނެޓްފްލިކްސްއިން މިހާރު ސްޓްރީމް ކުރަމުންދާ "ސްޕައިޑާހެޓް" އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355