twitterviber whatsapp telegramfacebookyoutube instagram
5th August 2026

ޑަޔާނާގެ ކެރެކްޓާ އަދިވެސް ކުޅެން ބޭނުން

ޚަދީޖާ އާދަމް
Mar 17, 2022

ކްރިސްޓެން ސްޓްވާޑް އެންމެ ފަހުގެ ފިލްމު "ސްޕެންސާ" ގައި އޭނާ އަދާކޮށްފައިވާ ޕްރިންސެސް ޑަޔާނާގެ ރޯލު އަދިވެސް ކުޅެން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.

ދާދިފަހުން ގޯލްޑްޑާބީ އަށް ދިން އިންޓަވިއުއެއްގައި 31 އަހަރުގެ އެކްޓަރު ބުނީ ޑަޔާނާގެ ހަޔާތުގެ ކޮންމެ ހިސާބަކީވެސް ތަފާތު ކެރެކްޓާއެއް ކަމަށެވެ. އަދި އެއީ ވަރަށް އިންސްޕަޔަރިން ކެރެކްޓާއެއް ކަމަށެވެ.

އެ ފިލްމުގައި ޑާޔާނާގެ ކެރެކްޓާ ގެނެވުނު ގޮތާމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި ހީކުރި ވަރަށްވުރެ ފުރިހަމައަށް އެ ރޯލް އަދާކުރެވުން ކަމަށެވެ.

ފިލްމު "ސްޕެންސާ" އިއުލާންކުރުމާއެކު ގިނަ ބަޔަކު ތިބީ ފިލްމުގެ އިންތިޒާރުގައެވެ. ޑަޔާނާއާއި ޝާހީ އާއިލާއަށް އުފައްދާ ފިލްމުތަކަކީ ގިނަ ބަޔަކު ބަލަން ޝައުގުވެރިވާ ފިލްމުތަކެކެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި މި ފިލްމަށް އެދޭވޭ ތަރުހީބެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355