twitterviber whatsapp telegramfacebookyoutube instagram
1st September 2026

އޮސްކާ އެވޯޑަށް މިއަހަރު އިތުރު ކެޓަގަރީއެއް، ފޭން ފޭވަރިޓް

ޚަދީޖާ އާދަމް
Feb 15, 2022

މި އަހަރުގެ އޮސްކާ އެވޯޑަށް "ފޭން ފޭވަރިޓް" ގެ ނަމުގައި އާ ކެޓަގަރީއެއް އިތުރުކޮށްފި އެވެ.

ފިންކް ވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުން މި ކެޓަގަރީއަށް ހޮވުނު ފިލްމު އޮސްކާ އެވޯޑްގެ ތެރެއިން އިއުލާން ކުރެވިގެން ދާނެއެވެ. ފޭން ފޭވަރިޓް ކެޓަގަރީ ހުޅުވާލުމާއެކު ގިނަ ބަޔަކު ބުނަމުންދަނީ އެ ކެޓަގަރީން ހޮވޭނީ ސްޕައިޑާ މޭން- ނޯ ވޭ ހޯމް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ނިކުތް ފިލްމު ތަކުގެތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދިޔަ ފިލްމަށް ވޯޓަށް ހުޅުވާލާނީ ޓްވިޓާ މެދުވެރިކޮށެވެ.

މި އަހަރުގެ ޝޯ ހޯސްޓް ކުރުމަށް ހަވާލުކޮށްފައިވަނީ އެމީ ޝްމާރ، ރެޖީނާ ހޯލް އަދި ވާންޑާ ސައިކްސް އާއެވެ. މި އަހަރުގެ އޮސްކާ އެވޯޑް އޮންނާނީ އަންނަ މާޗު މަހު 27 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355