twitterviber whatsapp telegramfacebookyoutube instagram
1st June 2023

ދޮގު ހަދަން ޖެހުމުން ނިދިވެސް ގެއްލުނު: ޓޮމް

Feb 23, 2022

ސްޕައިޑާ މޭން - ނޯވޭ ހޯމްގައި މީގެ ކުރިން ސްޕައިޑާ މޭންގެ ކެރެކްޓާތަކުން ފެނުނު ދެ ތަރިންކަމަށްވާ އެންޑްރޫ އަދި ޓޯބޭ ވަނީ ކެމޯ އެހެންނަމަވެސް މުހިއްމު ރޯލަކުން ފިލްމުގައި ފެނިގެން ގޮސްފައެވެ.

ފިލްމުގެ ޓްރެއިލާ ނެރުނު ހިސާބުންވެސް ފޭނުން ގެންދިޔައީ އެ ފިލްމުގައި އެ ދެތަރިން ފެންނާނެ ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް އެކަން އެއިރުވެސް އޮތީ ޝައްކެއްގެ މަތީގައެވެ. އަދި ހުރިހާ ތަރިންވެސް އިންޓަވިއުތަކުގައި އެކަން ގެންދިޔައީ ދޮގުކުރަމުންނެވެ.

އެގޮތުން ސްޕައިޑާ މޭން - ނޯވޭ ހޯމްގެ ތަރި ޓޮމް ހޮލޭންޑް ބުނީ އެކަމާ ބެހޭގޮތުން އިންޓަވިއުތަކުގައި ދޮގު ހަދަން ޖެހުމުން އޭނާގެ ނިދިވެސް ގެއްލުނު ކަމަށެވެ.

ޓޮމްގެ ފަހުގެ ފިލްމު އަންޗާޓަޑްގެ ޕްރޮމޯޝަން އިވެންޓެއްގައި އޭނާ ބުނީ އޭނާއަކީ ދޮގު ހެދުމުގެ އާދަ ހުންނަ މީހެއް ނޫންކަމަށެވެ.

ފިލްމު ރިލީޒް ކުރުމާއި ހަމައަށް ބެލުންތެރިން ތިބީ އެންޑްރޫ އަދި ޓޯބޭވެސް ސްޕައިޑަމޭން ކެރެކްޓާގެ ގޮތުގައި ފެންނާނެކަމެއް ޔަގީން ނުވެއެވެ. އަދި ފިލްމުގެ ޓީމުން އެ ސިއްރު ސިއްރެއްގެ ގޮތުގައި ހިފެހެއްޓުމަށް ކުރި މަސައްކަތްވެސް ވަރަށް ކާމިޔާބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355