twitterviber whatsapp telegramfacebookyoutube instagram
21st June 2026

އަދިވެސް މަސައްކަތް ކުރަނީ މާލެ ސަރަހައްދަށް އިންވެސްޓަރުން ގެންނަން: ޔާސިރު

ޚަދީޖާ އާދަމް
Jul 15, 2019
7

އަދިވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ގެނައުމަށްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީީ ރަށްތައް ހުސްވެ، ފަޅުތައް ހިއްކައިގެން ވިޔަސް އިންވެސްޓަރުން މާލެ ސަރަހައްދަށް ގެނައުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުން ކަމަށާއި މިއީ އަދިވެސް މަރުކަޒީ ކުރުމުގެ ސަފުހާތަކެއް ކަމަށެވެ.

ޔާސިރުގެ ޓުވީޓުގައި ރާއްޖެގެ އުތުރާއި ދެކުނުގައި ފަޅުރަށްތައް ނެތީތޯ ވަނީ ސުވާލުކޮށްފަ އެވެ.

"ރަށްތައް ހުސްވެ، ފަޅުތަށް ހިއްކައިގެންވިއަސް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ތޮއްޖެހި ފުރި ބާރުވެފައިވާ މާލެއާ ކައިރިއަށް ގެނައުމަށް އަދިވެސް މަސައްކަތް ކުރަމުންދާއިރު ރާއްޖޭގެ އުތުރާއި ދެކުނުގައި ނަލަ ބިޔަ ފަޅުރަށްތައް ނެތީ ތޯ އެވެ. މީއީ އަދިވެސް ހަމަ މަރުކަޒީ ކުރުމުގެ ސަފުހާތަކެވެ" ޓުވީޓުގައި ލިޔެފައި ވެއެެވެ.

ޔާސިރު މިހެން ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރުވެސް ރާއްޖެގެ އުތުރާއި ދެކުނުގައި މިފަދަ މަޝްރޫއުތަށް ކުރިއަށް ނުދާތީއެވެ. ފަޅު ހިއްކައިގެން ތިލަދުންމަތީގައިވެސް ރިސޯޓުތައް ތަރައްގީ ކުރުމަށް ޕްލޭންތަކެއް ނިމި ދިޔަ ސަރުކާރުތަކުން ކޮށްފައިވީ ނަމަވެސް މިހާތަނަށްވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355