twitterviber whatsapp telegramfacebookyoutube instagram
24th September 2026

ހދ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Jul 17, 2019
4

ހދ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފި އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގައި މަސައްކަތްކުރައްވާ މުހައްމަދު މައުސޫމްގެ މައްސަލައެއްގެ އިތުރުން ގއ ދާންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބުރާހިމް ހަތަރު މައްސަލައެއް ބަލަން ނިންމާފައިވާކަން އެ ކޮމިޝަން ހާމަކުރިނަމަވެސް އެއީ ކޮން މައްސަލަތަކެއްކަން އެ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާބެހޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަ ތަހުގީގު ކުރަން ތައުދީބީ ކޮމިޓީއަކަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ. މައުސޫމަކީ ހދ ނޮޅިވަރަމަށް އުފަން ބޭފުޅެކެވެ.

ލުއައްޔު އިބްރާހިމްގެ ހަތަރު މައްސަލަ ބަލަން ޖޭއެސްސީން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނަގާފަ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއު ކޮމިޝަންގެ މެންބަރު އަބްދުލްރައޫފް އިބްރާހިމާއި ކޮމިޝަަންގެ މެންބަރު އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން ކޮމިޝަންގެ މެންބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293