twitterviber whatsapp telegramfacebookyoutube instagram
9th September 2026

ހއ އަތޮޅުން ޅ އަތޮޅަށް ޔެލޯ އެލާޓު، އުދަ އެރުން އެކަށީގެންވޭ

ޚަދީޖާ އާދަމް
Jul 18, 2019

މިހާރު ކުރަމުން މިދާ ވިއްސާރާގައި 50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފި އެވެ.

މިއަދު ހެނދުނު 8:00 ން މެންދުރު 12:00 ހއ އަތޮޅުން ޅ އަތޮޅަށް ޔެލޯ އެލާޓު ނެރެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފިހުން މައުލޫމާތު ދެއެވެ.

ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާތީއާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293