twitterviber whatsapp telegramfacebookyoutube instagram
7th November 2025

ރާއްޖޭގެ ލޮލުގެ ހިދުމަތް ފުޅާކުރުމަށް ޗައިނާއިން އެހީވަނީ

Jul 24, 2019
1

ރާއްޖޭގައި ދޭ ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާކުރުމަށް ޗައިނާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސް ވުމުގެ ދަށުން ލޮލުގެ ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލްގައި ހާއްސަ މަރުކަޒެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގެވެ.

އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، ލޮލުގެ އެންމެ އާދައިގެ ފަރުވާތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީީ ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިކަމަށް ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީނުތައް ޗައިނާގައި ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން އާންމުންނަށް ދޭ ލޮލުގެ ފަރުވާއާ ގުޅޭ އާލާތްތައް މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރާނެ އެވެ. އަދި ފަރުވާ ދިނުމަށް ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355