twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހިއްޗަށްވަޑައިގަތުން މިއަދު ހަވީރު

ނަބީލާ އިސްމާޢީލް
Aug 14, 2019
2

އެންމެ މަތީ ދަރަޖައެއްގައި ރަސްމީ ޝާހީ ހިނގާލުމެއް ދައްކުވައިދޭ ހިއްޗަށް ވަޑައިގަތުން ގޮތުގައި ކުޅުދުއްފުށީގައި ބާއްވަމުންއަންނަ ހިނގާލުން މިއަދު ބާއްވަން ވަނީ ހަމަޖެފައެވެ.

އާންމު ރައްޔިތުންގެ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ޝަގާފީ ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަތްދިގު ހުދުގަމީހެއް ލައި ފޭލި އަނދެ ތެޔޮރުމާ ތުރުކުރައްވައިގެން މިއަދު 16:30 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްއަށް ދިއުމަށް އިންތިޒާމް ކުރާފަރާތުން އެދެއެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެފަރާތުން އެދެ އެވެ.

މިއީ ކުޅިވަރެއް ނޫނެވެ. މިއީ ރާއްޖޭގައި ރަސްކަން އޮތް އިރުވެސް ކުރިއަށްދާ ކަމެކެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ހިއްޗަށްވަޑައިގަތުމަކީ ރަމަޟާންމަހު ،22 ،24 ،26 28 މިދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާ ރަސްމީ ކަންތައްތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ހާއްސަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުމެވެ.

މޫސުމް ތަށްދޭނަމަ މިރޭ ދަމުހިނގުމުގެ ކުޅިވަރު އޮންނާނެ އެވެ. އެ ކުޅިވަރު އޮންނާނީ ވެލިގަނޑު ސަރަހައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355