twitterviber whatsapp telegramfacebookyoutube instagram
14th August 2020

ކޮލަންބިޔާގެ ދޮންކެޔޮ ދަނޑުތަކުން ނުރައްކާތެރި ފަންގަސްއެއް، ކުއްލި ހާލަތު އިއުލާންކޮށްފި

ޚަދީޖާ އާދަމް
Aug 15, 2019

ނުރައްކާތެރި ފަންގަސްއެއް ކަމަށްވާ ޕަނަމާ ކޮލަންބިޔާގެ ދޮންކެޔޮ ދަނޑުތަކުން ފެނުމާއި ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.

މި ފަންގަސް ފެނިފައިވަނީ ގިނަ އަދަދަކަށް ދޮންކެޔޮ ހައްދާ ކޮލަންބިޔާގެ އަވަށެއްކަމަށްވާ ލާގުއަޖިރާއިންނެވެ. އެ އަވަށުގައި 180 ހެކްޓަރު ބިމުގައި ދޮންކެޔޮ ހައްދަމުން ދެއެވެ. މިއީ ވެލިގަނޑުގެ ތެރެއިން ފެންނަ ފަންގަސްއެކެވެ.

ކޮލަންބިޔާއިން ތިން ވަނައަށް އެންމެ ގިނައިން އެކްޕޯޓް ކުރަނީ ދޮންކޭލެވެ. ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން އެގައުމުން އެންމެ ގިނައިން ދޮންކެޔޮ އެތެރެކުރީ ޔޫކޭގެ ޝިޕްމެންޓްތައް ވަނީ ހުއްޓިފައެވެ.

ކޮލަންބިޔާގެ އެގްރިކަލްޗަރަލް އިންސްޓިޓިއުޓް (އައިސީއޭ)ގެ ޖެނެރަލް މެނޭޖަރ ޑެޔެނިރާ ބަރެރޯ ވިދާޅުވީ ފަންގަސް ފެނުނު ދަނޑުތައް މިހާރު ވަނީ ފުލުހުންގެ އެހީގައި ކަަރަންޓީނުކޮށްފައި ކަމަށާއި އޭގެތެރެއިން ބައެއް ދަނޑުތައް ފުލުހުން 24 ގަޑިއިރު މޮނީޓަރ ކުރަމުންދާކަމަށެވެ.

1990 ގެ އަހަރުތަކުން ފެށިގެން އޭޝިޔާގެއެކި ގައުމުތަކުން ދަނީ މި ފަންގަސް ފެންނަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ފަންގަސް ފެނިފައިވަނީ ތައިވާނުންނެވެ. އޭޝިޔާގެ އިތުރުން، އޮސްޓްރޭލިއާއި އެފްރިކާގެ އެކި ހިސާބުތަކުންވެސް މި ފަންގަސް ފެންނިފައިވެއެވެ. ނަމަވެސް މިއީ ސައުތު އެމެރިކާއިން މި ފަންގަސް ފެނުނު ފުރަތަމަ ފަހަރެވެ.

މި ބާވަތުގެ ފަންގަސް ވެލީގައި 30 އަހަރު ވަންދެން ދިރިއުޅެ އެވެ. އެހެންކަމުން ކޮލަންބިޔާގައި ދޮންކެޔޮ ހައްދަމުންދާ ދަނޑުތަކުގައި ކައިރި މުސްތަގުބަލެއްގައި ދަނޑުވެރިކަން ކުރެވޭނެކަމަށް ނުބެލެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355