twitterviber whatsapp telegramfacebookyoutube instagram
21st June 2026

އަނެއްކާވެސް ދިއްދޫގައި ފުޓްބޯޅަ މެޗެއް ހޫނުވެ، ހަމަނުޖެހުން ހިންގައިފި

ނަބީލާ އިސްމާޢީލް
Aug 17, 2019

ހއ. ދިއްދޫގައި އިއްޔެ ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައި ދަނޑުގެ ބައެއް ތަކެއްޗަށް ގެއްލުންދީފި އެވެ.

މިދިޔަ ޖޫން މަހު ވެސް ދިއްދޫގައި ބޭއްވި ފުޓްބޯޅަ މެޗެއް ހޫނުވެ، އެ ރަށުގެ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ބޮޑުއީދާ ދިމާކޮށް ބޭއްވި އެ މުބާރާތުގެ ފައިނަލް މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެއް ކުޅުންތެރިއަކަށް ރެފުރީ ރަތްކާޑެއް ދެއްކުމުން އެކަމާ ހިތްހަމަނުޖެހިގެން ނެވެ.

އެކަމާ ހިތްހަމަނުޖެހިގެން ހިންގި ހަމަނުޖެހުމުގައި އެއް ކުޅުންތެރިޔަކު ވަނީ ބެންޗެއް ބިންދާލައި ދަނޑަށް ގެއްލުންދީ، ގޮނޑިތަކަށާއި މުބާރާތުގައި ދިނުމަށް ގެންދެވިފައިހުރި ބައެއް ޓުރޮފީއަށް ވެސް ވަނީ ގެއްލުންދީފަައެވެ. އަދި ރެފުރީއަށް ހަމަލާދޭން ވެސް މަސައްކަތް ކުރިއެވެ.

ހިތްހަމަނުޖެހުނު ޓީމުން ވަނީ އެ މެޗް އިތުރަށް ނުކުޅެން ނިންމައި ދަނޑުން ފައިބައިގެން ގޮސްފަ އެވެ. އަދި އެ ޓީމަށް އަލުން ދަނޑަށް ހާޒިރުވާން ފުރުސަތު ދިނުމަށް ފަހު ހާޒިރު ނުވުމުން އަނެއް ޓީމް މޮޅުވީ ކަމަށް ރެފްރީ ނިންމައި މުބާރާތް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ޖޫން މަހު ވެސް ދިއްދޫގައި ބޭއްވި ފުޓްބޯޅަ މެޗެއް ހޫނުވެ، އެ ރަށުގެ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުންނަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355