twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކައުންސިލަރުންގެ ކޮންފަރެންސްގެ ސަބަބުން ކައުންސިލްތަކުގެ ކުރިމަގަށް އާ އުންމީދުތަކެއް ލިބިއްޖެ: ލަތީފް

Aug 24, 2019
2

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކައުންސިލަރުންގެ ކޮންފަރެންސްގެ ސަބަބުން ކައުންސިލްތަކުގެ ކުރިމަގަށް އާ އުންމީދުތަކެއް ލިބިއްޖެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން ބައެއް މިނިސްޓަރުންނާ ބައްދަލުކުރައްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން ލަތީފް ވިދާޅުވެފައިވަނީ މި ކޮންފަރެންސްގެ ސަބަބުން ކައުންސިލްތަކުގެ ކުރިމަގަށް އާ އުންމީދުތަކެއް ލިބިއްޖެ ކަމަށެވެ.

ދައުލަތުގެ އެކި މިނިސްޓަރުންނާ ބައްދަލުވެ ރަށްރަށުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ލިބިގެންދިޔަކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާ ކައުންސިލަރުން ބައްދަލުކުރާ ތަނެކެވެ.

އެމްޑީޕީ ކައުންސިލް ކޮންފަރެންސްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ނައިބު ރައީސް އަލީ ހާޝިމް އަދި ކައުންސިލަރު ސަމާ އާއި އަހުމަދުގެ އިތުރުން އަތޮޅު ކައުންސިލަރު އަހުމަދު އާތިފްވެސް ބައިވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293