twitterviber whatsapp telegramfacebookyoutube instagram
15th October 2026

ހދ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 28, 2019
1

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންހެން އަދި ފިރިހެން ދެ ޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓްގަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމް ލިސްޓް ހދ. އަތޮޅު ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެ އިދާރާއިން އެދެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މައުލޫމާތު ކަރުދާސް ލިބެން ހުންނާނީ އެ އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293