twitterviber whatsapp telegramfacebookyoutube instagram
16th August 2026

ވަގަށް އެތެރެކުރި ކަމަށް ބެލެވޭ ވެހިކަލްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް

ނަބީލާ އިސްމާޢީލް
Aug 30, 2019

ވަގަށް ރާއްޖެ އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ ވެހިކަލްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހު 24 ވަނަދުވަހު ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް ރާއްޖެއަށް އެތެރެކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.

އަންދާޒާކުރެވޭ ގޮތުގައި މި ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 ރުފިޔާއަށް އަރާނެކަމަށާއި އަދި މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ ތަހުޤީޤު ކުރެވެމުން ކަމަށާއި އަދި މި އޮޕަރޭޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމުކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355