twitterviber whatsapp telegramfacebookyoutube instagram
24th March 2026

ވައިގެ މަގުން އެތެރެކުރަން އުޅުން މަސްތުވާތަކެތި އަތުލައިގަނެފި

ނަބީލާ އިސްމާޢީލް
Aug 31, 2019

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 4.195 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ. މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ އިއްޔެ އިންޑިޔާގެ ޓްރިވެންޑްރަމް އިން އައި އިންޑިޔާ ފިރިހެނެއްގެ އަތުންނެވެ.

48 އަހަރުގެ އިންޑިޔާ މި ފިރިހެންމީހާ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.195 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމުގައި ކަސްޓަމްސް އިން ބުނެއެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައިވާއިރު އެފަރާތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމުގައި ކަސްޓަމްސްއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355