twitterviber whatsapp telegramfacebookyoutube instagram
18th September 2019

ޗައިނާ - އެމެރިކާ ޓްރޭޑް ވަރ ގޯހުން ގޯހަށް

Aug 31, 2019

ޗައިނާ އާއި އެމެރިކާ ހަތިޔާރާއެކު ހަނގުރާމައެއް ނުކުރި ކަމުގައި ވިޔަސް، މިދިޔަ އަހަރުން ފެށިގެން އަންނަނީ ވިޔަފާރީގެ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެއްގައުމުން އަނެއް ގައުމަށް ވިޔަފާރީގައި އުނދަގޫ ކުރުމަށް ތަފާތު ޓެކްސްތައް ތައާރަފް ކުރަމުން ދިއުމުގެ ސަބަބުން ދެގައުމަށް ވެސް އަންނަނީ ބޮޑެތި ގެއްލުންތައް ކުރިމަތި ވަމުންނެވެ.

ޓްރޭޑް ވަރ ފެށުނު ފަހުން އެމެރިކާގެ އެލެކްޓްރޯނިކްސް ވިއްކާ ކުންފުނިތަކަށް މިހާތަނަށް ވަނީ 10 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައެވެ. ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައުމަށްފަހު އެމެރިކާގެ ރައްޔިތުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން އެގައުމަށް ނިސްބަތްވާ ކުންފުނިތައް ޗައިނާގައި ހަދާފައިވާ ފެކްޓަރީތައް ބަންދުކޮށް އެމެރިކާއަށް އައުމަށް ދަނީ ގޮވާލަމުންނެވެ. އަދި ޗައިނާގައި އުފައްދާތަކެތި އެމެރިކާގައި ވިއްކުން މަދުކުރުމަށް ތަފާތު އިމްޕޯޓް ޓެކްސްތައް ވަނީ ތައާރަފް ކޮށްފައެވެ. ނަމަވެސް ގިނަ ފަހަރު މިގޮތައް ތައާރަފް ކުރާ ޓެކްސްތަކުގެ ސަބަބުން ބޮޑު އަގުގައި ތަކެތި ގަންނަން ޖެހެނީ އެމެރިކާގެ ރައްޔިތުންނަށެވެ.

މި ހަނގުރާމައިގައި މިއަދަކީ ވެސް ފާހަގަ ކޮށްލެވޭ ދުވަހެކެވެ. މީގެ ކުރިން އިމްޕޯޓް ޑިއުޓީ ބޮޑުކުރަމުން ދިޔައީ ޕްރޮޑަކްޓްތައް އުފެއްދުމައް ބޭނުން ކުރާ ތަކެއްޗަށެވެ. ނަމަވެސް ސެޕްޓެމްބަރ 1 އިން ފެށިގެން ފިނިޝްޑް ބައެއް ޕްރޮޑަކްޓްތަަކަށް 15 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގާނެ ކަމަށް އެމެރިކާ އިން ބުނެފައެވެ.

މި ގޮތުން އެޕަލް ވޮޗް އަދި އިއަރ ޕޮޑް ކަހަލަ ޕްރޮޑަކްޓްތަކަކީ ޗައިނާގައި އުފައްދާ މުޅިން ނިންމައިގެން އެމެރިކާއަށް އިމްޕޯޓް ކުރާ ތަކެއްޗެވެ. އެހެން ކަމުން މިފަދަ ތަކެތީގެ އަގުތައް އެމެރިކާގައި ދެން ބޮޑުވާނެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ބްރޭންޑްތަކުގެ ކޮމްޕިއުޓަރާއި ބެޓެރީ އަދި ސްމާޓް ވޮޗް ފަދަ ބާވަތްތައް ލިސްޓްގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ އިތުރު ތަކެއްޗަށް ޓެކްސް ބޮޑު ކުރާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެޕަލް އައިފޯން، މެކްބުކް އަދި އެޕަލް ޓީވީ ހިމެނެއެވެ. އެޕަލް ފަދަ ކުންފުނިތަކަކީ ޗައިނާގައި ބޮޑެތި ފެކްޓްރީތައް ހިންގާ ތަކެތި އެމެރިކާއަށް އެތެރެކުރާ ކުންފުނިތަކަށް ވާއިރު، ޓްރަމްޕްގެ މި ނިންމުންތަކުގެ ސަބަބުން ފައިދާވާނީ އެމެރިކާއަށްތޯ ނޫނީ ޗައިނާއަށްތޯ ތަޖުރިބާ ކާރުން އަންނަނީ ސުވާލު ކުރަމުންނެވެ. ހަމަގައިމުންވެސް އެމެރިކާގެ ރައްޔިތުންނަށް އަދި ކުންފުނިތަކަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެއެވެ.

ނަމަވެސް އެމެރިކާގައި ޗައިނާގެ ތަކެތީގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ޑިމާންޑް ދައްވެ، ފެކްޓްރީތަކުގެ މަސައްކަތްތައް ވަނީ ހީނަރުވާން ފަށާފައެވެ. އަދި ބާރު ސްޕީޑްގައި ކުރިއަރަމުން އައި ޗައިނާގެ އިގްތިސޯދު ވަނީ މަޑުޖެހެން ފަށާފައެވެ. އެހެންކަމުން ޓްރަމްޕްގެ އުކުޅުތައް މުޅިން ގޯހެކޭވެސް ބުނެވޭކަށް ނެތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355