ރާއްޖޭގެ ގައުމީ އެއާލައިން ( މޯލްޑިވިއަން ) އިން އަންނަ އަހަރުގެ ކުރީކޮޅު ޗައިނާއަށް ޑައިރެކްޓް ކޮށް ދަތުރުތައް ކުރަން ތައްޔާރުވެއްޖެ އެވެ.
ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އޭ 330 ގެ މަތިންދާ ބޯޓެއް އަންނަ އަހަރު ގެންނަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރު ތަކާ ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ޗައިނާގެ 700 އޮޕަރޭޓަރުންނާއި އެކު ވަނީ ނޫސްވެރިންގެ ކޮންފަރެންސެއް ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ޗައިނާގައި ހުންނަ ދިވެހި ސަފީރުގެ އިތުރުން ޒިއާންގެ ލޯކަލް ޓޫރިޒަމް ބިއުރޯގެ ޗީފް އާއި ޗައިނާގެ ވެސްޓް އެއާޕޯޓްގެ ޑިރެކްޓަރު އަދި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ބައިވެރިވެވަޑައިގަތެވެ.
ހެލޯ މޯލްޑިވްސްގެ ނަމުގައި ތައްޔާރު ކޮއްފައިވާ ވީޑިއޯއަކާ އެކު މި ނޫސްކޮންފަރެންސް ގައި މޯލްޑިވިއަން އިން ވަނީ ޗައިނާއަށް ފަށާ ފުލައިޓް ރަސްމީކޮށް ލޯންޗް ކޮއްފައެވެ.
މޯލްޑިވިއަން އިން މިހާރުވެސް ޗައިނާއަށް ދަތުރު ކުރެއެވެ. ނަމަވެސް މިއީ ބެންކޮކް ޓްރާންސިޓް ފުލައިޓް ތަކެކެވެ.