twitterviber whatsapp telegramfacebookyoutube instagram
19th April 2024

ށ އަތޮޅު ކައުންސިލްގެ "ވިޔަވަތި" އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

Sep 3, 2019

ށ އަތޮޅު ކައުންސިލްގެ “ވިޔަވަތި” އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ށ.އަތޮޅު ކައުންސިލުން ބުނީ “ވިޔަވަތި އިނާމު ދިނުމުގެ ސިޔާސަތު 2019″ ގެ ދަށުން ” ހިތްވަރު ދިނުމާއި، އަގުވަޒަންކުރުމާއި، ޝަރަފްއެރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތު 2019، ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން މި އިނާމަށް ޝަރުޠު ހަމަވާ ށ. އަތޮޅުގެ ސަރުކާރުގެ މުއައްސަސާތަކަށާއި، ށ.އަތޮޅު ސްކޫލުތަކުގައި ކިޔަވައިދެއްވި އެދުރުންނަށާއި، ސިއްހީ ދާއިރާ އާއި، އިޖުތިމާއީ ދާއިރާތަކުގައި ހިދުމަތްކުރައްވަމުން ގެންދަވާ ހިދުމަތްތެރިންނަށާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކާމިޔާބީތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައ އެވެ.

އެކައުންސިލުން ބުނީ އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2019 ސެޕްޓެންބަރު 15 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށެވެ. އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި ހާޑްކޮޕީ ށ. އަތޮޅުކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވާއިރު، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވަން ބޭނުންވެލައި ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުމަށް އެދިފައިވެއެވެ.

މި އިނާމަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ށ. އަތޮޅުކައުންސިލުގެ ކައުންޓަރުން ލިބެންހުރިއިރު، އެޕްލިކޭޝަން ފޯމާއި، ” އިނާމު ދިނުމުގެ ސިޔާސަތު 2019″ އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެ އިދާރާ ހާމަކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355