twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮމިޝަންގެ ތަހުގީގަށްފަހު 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޚަދީޖާ އާދަމް
Sep 3, 2019

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

"މިހާރު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތަހުގިގާ ގުޅޭގޮތުން 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ރިލްވާން ގެއްލުވާލުމާއި ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް މިދިޔަ އާދިއްތަ ދުވަހު ހިއްސާކޮށްފައިވާއިރު ކޮމިޝަންގެ ތަހުގީގު ރިޕޯޓްގެ ހުލާސާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހިއްސާކޮށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ހާމަކޮށްފަ އެވެ.

ޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުން ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރިލްވާން ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355