twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެންސަރު ބަލީގެ ވޭން ތަހައްމަލުކުރަމުންދާ ޒާހިރާއަށް އެހީ ހޯދުމަށް މީމު ޖަމިއްޔާއިން މާލޭގައި ޚާއްސަ ޚަރަކާތްތަކެއް ކުރިއަށްގެންދަނީ

ޚަދީޖާ އާދަމް
Sep 3, 2019

ހދ.މަކުނުދޫއަށް އުފަން އެރަށު ނަފާ ހައްވާ ޒާހިރާ އަކީ ކެންސަރު ބަލީގެ ޝިކާރައަކަށްވެ ފަރުވާކުރަމުން އަންނަ ފަރާތެކެވެ. އައި.ޖީ.އެމް.އެޗް ގައި ކީމޯތެރަޕީ ދިނުމަށްފަހު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދެއްވާފައެވެ. ރާއްޖޭ ބޭރުން ބައްޔަށް ފަރުވާ ހޯދުމަށް ބޮޑު ހަރަދެއް ހިނގާނެތީ ޒާހިރާއަށް ވަނީ އެންމެންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ.

އެގޮތުން ޒާހިރާއަށް އެހީވުމުގެގޮތުން މާލޭގައި "ދަރުމަ އެދިގެން" ނަމުގައި ފަންޑް ރައިޒިންގ އިވެންޓެއް ބޭއްވުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހާއި 7 ވާ ހޮނިހިރު ދުވަހުއެވެ.

މި ދެ ދުވަހު މެންދުރު 12:30 ފެށިގެން ހަވީރު 03:00 އަށް އެމްޕީއެލް ސަރަހައްދުގައި މި އިވެންޓް ކުރިއަށް ދާއިރު ރަސްފަންނު، ސަލްޓަން ޕާކު، ގްރޭޓާރ މާލެ ބަސް ޓާމިނަލް، ކުޑަކުދިންގެ ބަގީޗާގައި އަދި ހުޅުމާލެ ސެންޓަރަލް ޕާކުގައި އިވެންޓް ކުރިއަށް ދާނީ ހަވީރު 04:00 ން 06:00 ށެވެ.

މީގެއިތުރުން ފައިސާގެ ގޮތުން އެހީފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ އެކައުންޓުތަކަށް ޖަމާކުރައްވައިގެންވެސް އެހީފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފަ އެވެ.

  • ހައްވާ ޒާހިރާ، 7730000200420 (ރުފިޔާ)
  • މުހައްމަދު އަސްޢަދު، 7701134938102 (ޑޮލަރު)

މި އިވެންޓުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް އިވެންޓު ކޯޑިނޭޓަރ ޢަބްދު ﷲ މާހިދު (7789355) އަދި އަދި އެހީ ހޯދޭ ފަރާތުގެ އިތުރު މައުުލޫމާތު ހޯދުމަށް ހައްވާ ޒާހިރާގެ ދަރިފުޅު މުހައްމަދު ސަމްއާން (9991968) އަށް ގުޅުއްވައިގެން ސާފުކުރެއްވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355