twitterviber whatsapp telegramfacebookyoutube instagram
26th April 2024

61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމް ކުރުމަށް ބޭނުންވާ ސާމާނު ގެނައުމަށް ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Sep 4, 2019
1

61 ރަށުގައި އައުޓްޑޯރ ޖިމް ގާއިމް ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮއްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފްއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހްމަދުއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ މި ޕުރޮޖެކްޓަކީ 9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ޖިމްތަކުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަނުން ނިންމަން ޖެހެއެވެ. އެގޮތުން ޖިމްތައް ގާއިމުކުރާނެ 61 ރަށެއް ކަނޑައަޅައި ކައުންސިލަށް ޖިމް ގާއިމްކުރަން ބޭނުންވާ ބިން ކަނޑައެޅުމަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވަން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ޖިމް ގާއިމް ކުރުމުގެ ވާހަކަ މީގެ ކުރިންވެސް ދެކެވިފައިވާނެ ކަމަށާއި ސަރުކާރުގެ ބައެއް އުސޫލުތައް ހަމަޖެހިފައިވާ ގޮތުން މިއީ ވަރަށް ވަގުތު ހޭދަވާ ކަމެއް ކަމަށެވެ.

އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ 9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްކަމަށާއި ރަށްރަށުގައި ޖިމްތައް އިންސްޓޯލްކުރަން ދާ ހަރަދާއެކު މަސަތްކަތް ނިމޭއިރު އިތުރު 20 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ދުޅަހެޔޮ އަދި ހަށިހެޔުކަންމަތީ ރައްޔިތުން ތިބުމަކީ ސަރުކާރުގެ އެއް ސިޔާސަތައް ވާއިރު ބޭނުމަކީ އަލަށް ގާއިމުކުރާ އައުޓްޑޯރ ޖިމްތައް ރައްޔިތުން ބަލައިގަންނަ ތަންތަނުގެ ގޮތުގައި ހެދުންކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

އަދި ސްޕޯޓް ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބި 60 މީހުންގެ އިތުރަށް 100 މީހުން ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355