twitterviber whatsapp telegramfacebookyoutube instagram
5th July 2020

ޗިއެލެނީ ހަމަހަށް ކުޅުމާ ދުރަށް

ޚަދީޖާ އާދަމް
Sep 4, 2019

ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ހުކުރުދުވަހު ކަކުލަށް ލިބުނު އަނިޔާއާއެކު ޗިއެލެނީއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ. މިދިޔާ އަންގާރަ ދުވަހު ކަކުލުގެ ލިގަމެންޓްގެ ކާމިޔާބު ސާޖަރީ އަށް ފަހު ޓީމްގެ ކެޕްޓަން ޗިއެލެނީ އަށް އަލުން ކުޅެން ދަނޑަށް ނުކުމެވޭނެކަމަށް ބެލެވެނީ 6 މަސް ފަހުންނެވެ.

އިޓާލިއަން ލީގްގެ ޗެންޕިއަންކަން ޖެހި ޖެހިގެން 8 ފަހަރު ހޯދާފައިވާ ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންޑަރ ނެތްތަން ފޫބައްދާނެ ކަމަށް ބެލެވެނީ އަޔަކްސް އިން ޔުވެންޓަސް އަށް ބަދަލުވީ ޒުވާން ޑިފެންޑަރު މެޓްސް ޑެ ލީޓް އެވެ. ޓްރާންސްފަރ މާކެޓުގައި ބާސެލޯނާ، ޕީއެސްޖީ، ރެއާލް މެޑްރިޑް އަދި ބެޔާން ފަދަ ބޮޑެތި ޓީމް ތަކުން ހޯދަން މަސައްކަތް ކުރި ނަމަވެސް 20 އަހަރުގެ މި ނެދަރލެންޑްގެ ކުޅުން ތެރިޔާ ޔުވެންޓަސް އަށް ބަދަލްވީ 84 މިލިއަން ޑޮލަރުގެ ބޮޑު އަގަކަށެވެ.

މިފަހަރުވެސް ލީގްގެ ފޭވަރިޓުން ގޮތުގައި ބެލެވޭ ޔުވެންޓަސް ގެ ޑިފެންސް ލައިން ގައި އިތުރު ތަޖުރިބާކާރު މޮޅެތި ކުޅުން ތެރިން ހިމެނޭކަން ފާހަގަ ކޮށް ލެވެ އެވެ. މިގޮތުން ލިއޮނާޑޯ ބޮނޫޗީ އަދި ޑެނިއެލް ރުގާނީ ހިމެނެ އެވެ.

ނަމަވެސް ޓީމްގެ މެނޭޖްމެންޓުން ހާމަ ކުރާ ގޮތުގައި 35 އަހަރުގެ އިޓަލީގެ ޑިފެންޑަރު ޗިއެލެނީ އަށް އަނިޔާވެ ނުކުޅެވުމަކީ ޓީމަށް ބޮޑު ގެއްލުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355