twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާރލް ގައިޑް އެސޯސިއޭޝަނާއި ދިރާގުން "ސަރފް ސްމާޓް" ޕްރޮގްރާމެއް ފަށައިފި

Sep 4, 2019

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން ބާއްވަމުންދާ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް 2019 ގައި ދިރާގާއި ގުޅިގެން މިކޭމްޕްގެ ތީމް ކަމުގައިވާ 'ސާރފް ސްމާޓް' ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ފެސިލިޓޭޓަރުން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ސެޕްޓެމްބަރ 3 އިން 6 އަށް ކ.މާފުށީގައި ކުރިއަށްދާ މިކޭމްޕުގައި މާލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލުން އުމުރުން 13 - 17 އަހަރާއި ދެމެދުގެ 290 ގައިޑް ކުދިން އަދި 59 ގައިޑް ލީޑަރުން ވަނީ ބައިވެރިވެފައިއެވެ.

ކޮންމެ އަހަރަކުވެސް ކޭމްޕް ކުރިއަށްދަނީ މުޖްތަމައުގެ ތަފާތުގެ ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށް އަލިއަޅުވާލައިގެންނެވެ. މި އަހަރުގެ ޝިއާރަކީ 10 މިލިއަން މެންބަރުން ހިމެނޭ ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް (ވެގްސް) އިން އިންޓަރނެޓް ބޭނުންކުރާ ގޮތްތަކާއިމެދު ހޭލުންތެރިކުރުމަށް ބޭނުންކުރާ ބެޖް ކަރިއުލަމްއެކެވެ.

ދިވެހިރާއްޖޭގެ ގަރލްގައިޑް އެސޯސިއޭޝަނަކީވެސް ވެގްސްގެ މެންބަރަކަށްވާއިރު ތަރައްގީވެ ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިކަމަށް ދިވެހި އަންހެންކުދީންނާއި އަންހެނުން ހޭލުންތެރިކުރުން އިހުނަށްވުރެ މުހިންމުވެފައިވާއިރު މިއީ މި ދަނޑިވަޅަށް އެންމެ ބޭނުންތެރި އެއް

ޝިއާރުކަމަށް ގާރލް ގައިޑް އެސޯސިއޭޝަނާއި އަދި ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓޭޓަރސް ޓްރެއިނިންގ ޕްރޮގުރާމުގައި 34 ފެސިލިޓޭޓަރުންނަށް ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތަކަށް ތަމްރީނު ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމު ނިންމުމަށްފަހު ކޮންމެ ފެސިލިޓޭޓަރެއް ވެސް ޕޮރޮގްރާމުގައި ދަސްވި ކަންތައްތަކުގެ މައުލޫމާތު އިތުރު 100 ކުދިންނަށް ހިއްސާ ކުރާނެއެވެ.

ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރަނޭ ގޮތާއި ބެހޭގޮތުން މައިގަނޑު ތިން ބަޔަކަށް މި ބެޖް ކަރިކިޔުލަމްގައި އަލިއަޅުވާލާނެއެވެ. އެއީ

1. އިންޓަރނެޓްގެ މަންސާ ތަކާއި ހެޔޮ ގުޅުން
2. އިންޓަނެޓްގެ މަންސާ ތަކުގައި ދިމާވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުން
3. އަމިއްލަ އަބުރާއި ކަރާމާތް އިންޓަރނެޓްގެ މަންސާ ތަކުގައި ހިމާޔަތް ކުރުން

މީގެ އިތުރުން ދިރާގު ޑިރެކްޓަރ ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހައްމަދު މުއްސަފުވެސް ވަނީ ޚާއްސަ ސެޝަނެއް ބައިވެރިންނަށް ނަގައިދެއްވާފައިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕެޓްރޯލް ލީޑަރސް ކޭމްޕްގެ އަމާޒަކީ ގާރލްގައިޑް ކުދިންނަށް މިހަރަކާތުގެ މުހިންމު ކޮމްޕޯނަންޓެއް ކަމަށްވާ އައުޓްޑޯރ ކޭމްޕިންގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމާއި އަމިއްލައަށް އިސްނަގައިގެން އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި އަދި ދިރިއުޅުމަށް ބޭނުންވާނެ ގިނަ ހުނަރުތައް ދަސްކޮށްދީ އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355