twitterviber whatsapp telegramfacebookyoutube instagram
15th March 2026

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި

Sep 9, 2019

ހދ ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ހަވާލުކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ލިމިޓެޑާ އެވެ.

މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކުރި މި ޕްރޮޖެކްޓް 97 ދުވަސްތެރޭގައި ނިންމަ ޖެހެ އެވެ. ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

މި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިންގް ރޫމެއްވެސް ހިމެނޭނެއެވެ. އަދި މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ލޯންޑްރީ ގެ އިތުރުން ގަރާޖެއްވެސް އެ އިމާރާތުގައި ހިމެނޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355