twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އޭއީސީގައި ބެލެނިވެރިންގެ ހަފްތާ ކުލަގަދަކޮށް ފާހަގަކުރަނީ

އަބްދުލް ވާހިދު ޙަސަން
Sep 10, 2019

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބެލެނިވެރިންގެ ހަފްތާ ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެ އެވެ.

ޕީޓީއޭއިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތްތައް ފެށުނީ ހޯމަ ދުވަހު ހެނދުނު ބޭއްވި އެސެމްބުލީންނެވެ. ދެ ދަންފަޅިއަށް ކިޔަވާ އެ ސްކޫލުގެ ހެނދުނު އެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރ އަލީ އިސްމާއިލެވެ.

މެންދުރުފަހުގެ އެސެމްބުރީ ޝަރަފްވެރިކޮށްދެއްވީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނަސިހާ އިދުރީހެވެ. މި އެސެމްބުލީތަކުގައި ސްކޫލު ލަވަ ރެކޯޑްކޮށް ހުށަހަޅާފައިވެ އެވެ. ސްކޫލްގެ ލަވަ ހުށަހަޅާދިނީ ބެލެނިވެރިންނާއި މުވައްޒަފުންނެވެ.

ބެލެނިވެރިންގެ ހަފުތާ ފާހަގަކުރުމަށް އެސްކޫލުގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ބަލާއިރު ބެލެނިވެރިންގެ މެދުގައި މަދަހަ ކިޔުމުގެ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މަދަހަ ކިޔުމުގެ މުބާރާތް މިހާރު ކުރިއަށްދާއިރު މަދަހަ ހުށަހެޅުން ކުރިއަށްދަނީ ރޭގަނޑު، ސްކޫލްގެ ހޯލުގައި އެވެ. ބެޑްމިންޓަން މުބާރާތް ފަށާނީ މާދަމާ އެވެ.

ގާތްގަނޑަކަށް ހަފްތާއަކަށް ދިގު ދެމިގެންދާ މި ހަރަކާތްތަކުގެ ނަތީޖާފާޅުކުރުން އޮންނާނީ މިމަހު 15 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355