twitterviber whatsapp telegramfacebookyoutube instagram
8th December 2019

ނޮޅިވަރަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި

Sep 10, 2019
2

ހދ ނޮޅިވަރަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި އެވެ. ދާދި އެންމެއަކު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ބުނީ ރަށު ކޮޅުން ބަނދަރަށް ދިޔަ މި ޕިކަޕް ފުރޮޅާލީ ސައިކަލަކު ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށާއި އެވަގުތު ޑްރައިވަރު ފިޔަވާ އެހެން މީހަކު ޕިކަޕްގައި ނެތް ކަމަށެވެ.

އޭނާ ބުނީ ޕިކަޕް ފުރޮޅާލީ އަޅިވިލާމަގުން ދަތުރުކުރަމުންދަނިކޮށް ކަމަށާއި އެވަގުތު ޕިކަޕް ދިޔައީ ބާރު ސްޕީޑްގައިކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އޭނާ ބުންޏެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިއެއްނުވެ އެވެ.

މިހާދިސާގައި ފުރޮޅާލީ 2.5 ޓަނުގެ ޕިކަޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355