twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ރިފްދާ

އަބްދުލް ވާހިދު ޙަސަން
Sep 14, 2019

ހަނިމާދޫ ސްކޫލުން މިދިޔަ އަހަރު ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ރިފްދާ ހޮވިއްޖެ އެވެ.

މިދިޔަ އަހަރު އެސްކޫލުގެ ދަރިވަރުން ހޯދި ކާމިޔާބީތައް ފާހަގަކުރުމަށް ހުކުރުދުވަހުގެ ރޭ ހަނިމާދޫ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބުދުﷲ ރަޝީދެވެ.

ހަނިމާދޫ ސްކޫލުން މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހއ ކެލައަށް އުފަން، ފާތުމަތު ރިފްދާ ހޮވިއްޖެ އެވެ. ރިފްދާ ވަނީ އޯލެވެލް އިމްތިހާނުން 6 މާއްދާއިން އޭ ހޯދާފަ އެވެ. އަދި އެއް މާއްދާއިން ބީ އާއި އެއް މާއްދާއިން ވަނީ ސީ ހޯދާފަ އެވެ. އޭ ހޯދި މާއްދާތަކަކީ ހިސާބު، ކޮމްޕިއުޓަރ ސައިންސް، ބައޮލޮގީ، ފިޒިކްސް، އިސްލާމް، އަދި ކެމިސްޓްރީ އެވެ.

ސާނަވީ މަރުހަލާ ނިންމި ދަރިވަރުންތަކުގެ ތެރެއިން، ވޭތުވެ ދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު މަގާމަށް ރިފްދާ ހޮވުނުއިރު ރިފްދާ ވަނީ ގުރޭޑް ހަތަރުން ފެށިގެން ދިހައަކާ ހަމައަށް އައިއިރު ތައުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އެ ގުރޭޑްތަކުގައި އޭނާ ވަނީ ތައުލީމީގޮތުން އެއްވަނަ ހޯދާފަ އެވެ.

އަހުލާގީގޮތުންވެސް ފާހަގަކުރެވޭ ރިފްދާ ބޭނުންވަނީ މުސްތަގުބަލުގައި ޑޮކްޓަރަކަށްވެ، ރަށާއި ގައުމަށް ހިދުމަތްކުރަންށެވެ. މަތީ ސާނަވީއަށް ރިފްދާ ކިޔަވަމުންދަނީ ޖަލާލުއްދީން ސްކޫލުގައި އެވެ.

ތިން މާއްދާއިން މަތިން "އޭ" ފާސް ހޯދި ދަރިވަރުން

  • އަހުމަދު އިޝާން (ހިސާބު، ކެމިސްޓްރީ ބަޔޮލޮގީ،ފިޒިކްސް)
  • ސާމާ މުހައްމަދު (ހިސާބު، ކެމިސްޓްރީ، ބަޔޮލޮގީ،ފިޒިކްސް)
  • އާދަމް ޝަމާއު މުހައްމަދު (ހިސާބު،ކޮމްޕިއުޓަރ ސައިންސް،ބަޔޮލޮގީ،ފިޒިކްސް،އިސްލާމް)

ހަނިމާދޫ ސްކޫލްގެ ބައެއް ހާއްސަ އިނާމްތައް ހޯދި ދަރިވަރުން:

  • އެންމެ މޮޅު ކެޑޭޓް: އަހުމަދު ނާއިސް
  • ތައުލީމީ ގޮތުން އެންމެ މޮޅު ކެޑޭޓް: އައިމިނަތު ހަނާން ހުސެއިން

އޯލަވެލް އިމްތިހާނުގައި މިދިޔަ އަހަރު 25 ދަރިވަރުން ބައިވެރިވެ، ފަސް މާއްދާއިން 56.17 އިންސަތަ ދަރިވަރުން ވަނީ ފާސްވެފައިވެފަ އެވެ. މިއަހަރު އެ ސްކޫލުގައި 459 ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ސްކޫލް ނިންމާ އިމްތިހާންތަކުން އެންމެ މޮޅު ދަރިވަރުން:

  • 1 ވަނަ: އާދަމް ޝަމާހް މުހައްމަދު
  • 2 ވަނަ: ފާތުމަތު ރިފްދާ
  • 3 ވަނަ ސާމާ އަބްދުﷲ

އިނާމު ދިނުމުގެ މިރަސްމިއްޔާތުގައި 24 ދަރިވަރަކު ވަނީ އިނާމު ހާސިލްކޮށްފަ އެވެ. ގިނަ މުވައްސަސާތަކަކުން ވަނީ އިނާމު ހުށަހަޅާފަ އެވެ. އެގޮތުން އެކުވެރި ބޭންޑް، މަފާޒް ފިހާރަ، މިނެޓް ފިހާރަ، ފެނަކަ ހަނިމާދޫ ބުރާންޗް، ބެއަރފޫޓް، މެޓް އޮފީސް، ހަނިމާދޫ ކޯޓް،ހަނިމާދޫ އެއާޕޯޓް، ކަސްޓަމްސް، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް ރެކުރިއޭޝަން ކުލަބް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ހަނިމާދޫ ކައުންސިލް، ހދ އަތޮޅު ކައުންސިލް، ހަނިމާދޫ ސްކޫލް ރެކްރިއޭޝަން، ހަނިމާދޫ ސްކޫލް ޕީޓީއޭ، ހަނިމާދޫ ބޯޑް، މެމްބަރު ގަފޫރު، ހަނިމާދޫ ސްކޫލް، އެޑިއުކޭޝަން މިނިސްޓްރީ، އަދި ރައީސުލް ޖުމްހޫރިއްޔާ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355