twitterviber whatsapp telegramfacebookyoutube instagram
26th December 2025

ކުޅުދުއްފުށީ ސްޓޭޑިއަމްގެ ސެކިއުރިޓީ މަސައްކަތް އައުޓްސޯސް ކުރަނީ

Sep 15, 2019

ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ސްޓޭޑިއަމްގެ ސެކިއުރިޓީ މަސައްކަތް އައުޓްސޯސް ކުރުމަށް ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލައިފި އެވެ.

ބުރާސްފަތިދުވަހު ކުޅުދުއްފުށީ ކައުންސިލުންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްޓޭޑިއަމް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުމަށެވެ.

މިކަމާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ މިމަހު 22 ވަނަ ދުވަހު 13:00 ގައި ކައުންސިލް އިދާރާ އެވެ. އަދި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ މިމަހު 24 ވަނަ ދުވަހު އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 6521174 ނަމްބަރަށް ގުޅުމުން ލިބޭނެކަމަށް އެ އިއުލާނުގައިވެ އެވެ.

ސްޓޭޑިއަމް ސެކިއުރިޓީ މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިމިވަނީ އެތަން ނުބެލެހެއްޓި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށްނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355