twitterviber whatsapp telegramfacebookyoutube instagram
13th August 2025

ކަނޑިތީމުން ހިރަފުސް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

މުޙައްމަދު އަހުމަދު
Aug 12, 2025

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކްލަބް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައި ބޮޑު މޮޅަކުން ކަނޑިތީމު ސްޕޯޓްސް ކްލަބް މުބާރާތް ފަށައިފި އެވެ

ސްޓޭޑިއަމްގައި ކުޅެވުނު މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރީ ހިރަފުހާއި ކަނޑިތީމު ފުޓްބޯޅަ ޓީމެވެ. މިމެޗު 10 - 1 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ކަނޑިތީމުންނެވެ.

މެޗު ފެށިގެން ވެސް ވަރުގަދަކޮށް ފެނިގެންދިޔައީ ކަނޑިތީމު ޓީމެވެ. ވަރުގަދަކޮށް ފެށިއިރު މެޗުގެ ޓެމްޕޯ އެއްކޮށްހެން އެޓީމުން ހިފެހެއްޓި އިރު ފުރަތަމަ ހާފު ޑޮމިނޭޓްކުރީ ވެސް ކަނޑިތީމުންނެވެ

އެގޮތުން މެޗު ފެށިގެން 4 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. އެޓީމުގެ ޖާޒީ ނަންބަރު 80 މުހައްމަދު ޝާން އަރިމަތިން ނަގައިދިން ރީތި ހުރަސް ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ފުރަަތަމަ ލަނޑު ކަނޑިތީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 ހުސެއިން ވާފިރު އެވެ

ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކަނޑިތީމުން އިތުރު ގޯލެއް ކާމިޔާބުކުރިއިރު އެޓީމުން ވަނީ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ވެސް ގިނަ ފުރުސަތުތަކެއް އުފައްދާފަ އެވެ. އެގޮތުން އޭގެ ނަތީޖާއެއްގެ ގޮތުން 11 ވަނަ މިނެޓުގައި އެޓީމުން ގޯލު ޖަހާ ލީޑު ފުޅާކުރި އެވެ. މިލަނޑަކީ މެދުތެރެއިން އެޓީމުގެ ވާފިރު ކުރިއަށް ޖައްސާލި ރީިތި ބޯޅައެއް އަރިމަތިން އެރި އެޓީމުގެ ޖާޒީ ނަންބަރު 9 އިސްމާއިލް ނިހާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ

މެޗުގެ 17 ވަނަ މިނެޓުގައި އަނެއްކާވެސް ކަނޑިތީމުގެ ވާފިރުއަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ހުސްކޮށް އޮވެ ވާފިރު ފޮނުވާލި ބޯޅަ ހިރަފުހުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ

ނަމަވެސް ހިރަފުސް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކޮށްފަަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް އުފެއްދުމަށް އެޓީމުން މަސައްކަތް ކުރި ނަމަވެސް ކުޅުމުގެ ތެރެއިން އެޓީމަށް ކަނޑިތީމުގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ނުރައްކާތެރި ދެހިލޭޖެހުން ހިރަފުސް ޓީމަށް ލިބުނެވެ

ހިރަފުހުގެ ޖާޒީ ނަންބަރު 77 ޝާފިއު މުހައްމަދު ފޮނުވާލި ދެހިލޭޖެހުން ވެސް ގޯލާ އަމާޒުވާ ގޮތް ވަނީ ނުވެފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކަނޑިތީމަށް ވެސް ވަނީ ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ޝާން ފޮނުވާލި ބޯޅަ ޖެހުނީ ގޯލު ދަނޑީގަ އެވެ.

މެޗުގެ ފުރަަތަމަ ހާފު ނިމިގެންދިޔައީ 2 - 0 ން ކަނޑިތީމު ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ވެސް ވަރުގަދަކޮށް ފެނިގެންދިޔައީ ކަނޑިތީމު ޓީމެވެ. ދެވަނަ ހާފަށް ނުކުމެ މާގިނައިރުތަކެއް ނުވެ ކަނޑިތީމުން ވަނީ އެ މެޗުގެ ފަރަގު ބޮޑު ކޮށްފަ އެވެ.

ހާފުގެ މެދުތެރޭން ކަނޑިތީމު ކުޅުންތެރިޔަކު ތިރިތިރިން ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 97 ޖިނާން މުހައްމަދެވެ

މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުގެ ވާފިރު ވަނީ އެޓީމަށް އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. އޭގެ ދެމިނެޓެއްވަރު ފަހުން ކަނޑިތީމުގެ ޝާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޓީމުގެ ކެޕްޓަން ޖާޒީ ނަންބަރު 87 މުހައްމަދު ޔާމީން ފޮނުވާލި ބޯޅަ ހިރަފުސް ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. ރެފްރީ ނިންމީ ބައިކޮޅަށް ވަން ގޯލެއް ކަމަށެވެ.

ދެވަނަ ހާފުވެސް ހިރަފުސް ޓީމަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާއިރު ދެވަނަ ހާފުގެ އިތުރުން މުޅި މެޗުގެ ވެސާ ކޮންޓްރޯލް ނަގާ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ކަނޑިތީމުންނެވެ. ނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ހިރަފުސް ޓީމުގެ ކެޕްޓަން ޖާޒީ ނަންބަރު 9 އާދަމް މުހައްމަދު (ކުޑަ އާދަމް) އެވެ. މިއީ އެޓީމުން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

މިމެޗުގައި ކަނޑިތީމުން މިހާފުގައި އަދި އިތުރު 6 ގޯލު ހިރަފުސް ކޮޅަށް ވައްދާލާފައިވެ އެވެ. މިލަނޑުތައް އެޓީމަށް ޖަހައިދިނީ އިސްމާއިލް ނިހާން 2 ލަނޑު އަދި ޖާޒީ ނަންބަރު 19 އިބްރާހީމް ޔާސީން އަހްމަދެވެ. 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޔާސީން ވަނީ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. މީގެ އިތުރުން އެޓީމުގެ އިސްމާއިލް ނިިހާން ވެސް ވަނީ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޖާޒީ ނަންބަރު 9 އިސްމާއިލް ނިހާން އެވެ. މެޗުގައި މޮޅުކުޅުމެއް ނިހާންގެ ފަރާތުން ވަނީ ފެނިގެން ގޮސްފަ އެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖައި ކުލަބް ކޮރަލްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355