twitterviber whatsapp telegramfacebookyoutube instagram
12th August 2025

ހަނިމާދޫ ބީޗްގައި ކައުންސިލުން ތަރައްގީކުރި ރެސްޓޯރެންޓް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

Aug 12, 2025

ހަނިމާދޫ ކައުންސިލުން އެރަށު ބީޗް ފުރަންޓް ސަރަހައްދުގައި ތަރައްގީކުރި ރެސްޓޯރެންޓް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

'ސަންސެޓް ބީޗް' ރެސްޓޯރެންޓް ކުއްޔަށް ދޫކުރަން ހުޅުވާލީ 20 އަހަރުގެ މުއްދަތަކަށެވެ. މި ރެސްޓޯރެންޓަކީ ކައުންސިލުން މާލިއްޔާއިން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ތަނެކެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމަށެވެ.

މައުލޫމާތު ދިނުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގަ އެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު 11:00 ގައި ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގަ އެވެ.

އަންދާސީ ހިސާބު ހުށައެޅުމަށް އަންނަ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މައުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަންޏެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެކަމުގައިވެސް ކައުންސިލުން ބުނެ އެވެ.

ހަނިމާދޫއަކީ އުތުރު ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަންކުރަމުން އަންނަ ރަށެވެ. އަދި އުތުރުގެ މައި ވައިގެ ބަނދަރުވެސް އޮންނަނީ ހަނިމާދޫގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355