twitterviber whatsapp telegramfacebookyoutube instagram
25th September 2026

ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

Dec 18, 2025

ހދ ހަނިމާދޫގައި އިމިގުރޭޝަންގެ އޮފީހެއް ގާއިމުކޮށް ޕާސްޕޯޓްގެ ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އިމިގުރޭޝަނުން ބުނީ، ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

ހަނިމާދޫ އިން ޕާސްޕޯޓް ދޫކުރަން ފެށުމާއެކު ހދ އަތޮޅުގައި ތިން ރަށަކުން މިހާރު އެ ހިދުމަތް ލިބޭނެ އެވެ. އެއީ ހަނިމާދޫ، ކުޅުދުއްފުށި، އަދި މަކުނުދޫ އެވެ.

ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށީ ބުދަދުވަހުގެ ރެ އެވެ. އެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އޮފިސަރުންނާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަދި ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަނިމާދޫގައި ޕާސްޕޯޓް ހިދުމަތް ދެނީ ކައުންސިލް އިދާރާގަ އެވެ. އެކަމަށް ބޭނުންވާ ޖާގަ ކައުންސިލުން ހަމަޖައްސައިދިނީ އެ ހިދުމަތް އެރަށުގައި ފެށޭނީ އެކަމަށް ބޭނުންވާ ތަނެއް ކައުންސިލުން ހަމަޖައްސައިދިނުމުންކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293