twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހއ އަތޮޅުގެ އިތުރު ދެ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފި

ނަބީލާ އިސްމާޢީލް
Sep 15, 2019

ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ކެލާ އާއި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ހިދުމަތާއެކު ހއ ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު 5 އަށް އެރީއެވެ. މީގެ އިތުރުން ބޭންކުން ހޯރަފުށި އިހަވަންދޫ އަދި ދިއްދޫގައި ގާއިމްކޮށްފައިވާ 3 ބްރާންޗް މެދުވެރިކޮށް ހިދުމަތް ދެމުން ދެއެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފުޅާކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމުގައެވެ.

ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމުގައެވެ. ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގައި ބީއެމްއެލް އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355