twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސައުދީއަށް ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

ނަބީލާ އިސްމާޢީލް
Sep 16, 2019

ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯގެ މައި ދެ ކާރުހާނާ އަށް ދިން ހަމަލާތަކަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފަހުގެ ތާރީހެއްގައި ނުދާ ވަރަށް މައްޗަށް ގޮސްފިއެވެ.

ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު މާކެޓުތައް ހުޅުވުނުއިރު ހުރީ 68 ޑޮލަރުގަ އެެވެ. މިއީ އޭގެ ކުރިން ހުރި އަގަށް ވުރެ 15 އިންސައްތަ ބޮޑު އަގެކެވެ. އަދި މިއީ މިދިޔަ މޭ މަހުގެ ފަހުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރު ކަމުގައި މީޑިއާތައް ބުނެއެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ 10 ޕަސެންޓް ފޯރުކޮށްދޭ ސައުދީގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯގެ މައި ދެ ކާރުހާނާ އަށް ދިން ހަމަލާތަކަކާ ގުޅިގެން ސައުދީ އިން ތެޔޮ އުފައްދާ މިންވަރު ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްކޮށްފަ އެވެ.

ދިހަ ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާތަކާ ގުޅިގެން ސައުދީން ވަނީ ދުވާލަކު ތެޔޮ އުފައްދާ މިންވަރު 5.7 މިލިއަން ފީފާ އަށް ދަށްކޮށްފަ އެވެ. މިއީ ދުވާލަކު 9.8 މިލިއަން ފީފާގެ ތެޔޮ އުފައްދާ ސައުދީގެ ޖުމްލަ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަ އެވެ. އަދި އެއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ދިން ޑްރޯން ހަމަލާގެ އަމާޒަކަށް ވެފައި ވަނީ ސައުދީގެ އިރުމަތީ ޕްރޮވިންސްގެ ހުޅަނގު ދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ އަބްގައިގު އާއި ހުޅަނގު ދެކުނުން 200 ކިލޯ މީޓަރު ދުރުގައި އޮންނަ ހުރައިސް އަަށެވެ. އަލްބައިގުގައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓް ހުންނައިރު އެއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަތް ޕަސެންޓް އުފައްދާ ތަނެވެ. ހުރައިސް އަކީ ދުނިޔޭގެ ތެލުގެ އެއް ޕަސެންޓް ފޯރުކޮށްދޭ އޮއިލް ފިލްޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355