twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކުޅުދުއްފުށީ ފުލުހުންނަށް އިމިގްރޭޝަންއާ ގުޅުން ހުރި މައްސަލަތަކުގެ މައުލޫމާތު ދީފި

ޚަދީޖާ އާދަމް
Sep 17, 2019

މޯލްޑިވްސް އިމިގްރޭޝަނުން ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އިމިގްރޭޝަނާއި ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދީފިއެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި ކުޅުދުއްފުށީގައި މަސައްކަތް ކުރާ ފުލުހުންނަށް ވަނީ ޓްރެފިން އަދި ލީގަލް އެސިސްޓެންސްއާއި ބެހޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގައި ފުލުހުންނަށް މައުލޫމާތު ދެއްވީ ސީނިއަރ އިމިގްރޭޝަން އޮފިސަރ ހަނީފާ ޖައުފަރެވެ.

މީގެ އިތުރުން ހއ އިހަވަންދޫގައި ވެސް ވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި އެރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ އޮފިޝަލުންނަށް ވަނީ އިމިގްރޭޝަނާއި ގުޅުން ހުރި މައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355