އައްޑު އާއި ފުވައްމުލަކަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯއަށް ހުށައެޅުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ގޮތުގައި އައްޑު އާއި ފުވައްމުލަކަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯ އަށް ފޮނުވުމުގެ ބޭނުމަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ މޮޑެލްގައި ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭތީ އާއި ދެމެހެއްޓެނިވި ގޮތެއްގައި ދިރޭތަކެތީގެ ބޭނުން ހިފުމަށާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވެސް މުހިއްމު ކަމަކަށް ވާތީ ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމް ސޯލިހް މި ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށ ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޔުނެސްކޯ އިން ވަކި ސަރަހައްދުތަކެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ ދިރުންތަކާއި ތިމާވެށީގެ ހިމާޔަތުގަ އެވެ.
ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އައްޑޫއާއި ފުވައްމުލައް ހަމަޖެހުމުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން އްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާނީ ތިން ބަޔަކަށް ސަރަހައްދުތައް ބެހޭ ގޮތަށެވެ. އެއީ ކޯ އޭރިއާ އާއި ބަފަޒޯން އޭރިިއާގެ އިތުރުން މަލްޓި ޔޫޒް އޭރިއާ އެވެ.
ރާއްޖޭގައި މި ވަގުތު ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި އަދި އޮތީ ހަމައެކަނި ބ އަތޮޅެވެ.