twitterviber whatsapp telegramfacebookyoutube instagram
29th September 2023

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާ

ނަބީލާ އިސްމާޢީލް
Sep 20, 2019
6

2018 ވަނަ އަހަރު އަފީފުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާ އާދަމް ހޮވިއްޖެ އެވެ.

މިދިޔަ އަހަރު އަފީފުއްދީން ސްކޫލުން ހާއްސަ ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި، ހާއްސަ މަގާމުތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެވެ.

މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އާމިނަތު އިބާ ވަނީ ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ރާއްޖެއިން 4 ވަނަ އަދި ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ސްކޫލުން 1 ވަނަ ހާސިލްކޮށްފަ އެވެ. މި ދަރިވަރު ވަނީ 5 މާއްދާއިން އޭ ސްޓަރ އަދި 3 މާއްދާއިން އޭ ފާސް ހޯދާފައެވެ. އޭ ސްޓަރ ހޯދި މާއްދާތަކުގެ ތެރޭގައި ޕްރިންސިޕަލް އޮފް އެކައުންޓްސް، އިނގިރޭސި، ހިސާބު، ބައޮލޮޖީ އަދި ފިޒިކްސް އެވެ. އޭ ރިޕޯޓް ހާސިލް ކޮށްފައިވަނީ އިސްލާމްގެ އިތުރުން ދިވެހި އަދި ކެމިސްޓްރީ އެވެ.

ސްކޫލުން ދެ ވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އިބްރާހިމް އަހުމަދެވެ. މި ދަރިވަރު ވަނީ އެކޮނޮމިކްސް އިން މުޅި ދުނިޔެއިން 8 ވަނަ ހާސިލްކޮށް، ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ރާއްޖެއިން 6 ވަނަ ހާސިލްކޮށް ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ސްކޫލުން 2 ވަނަ ހާސިލް ކޮއްފަ އެވެ. މި ދަރިވަރު ވަނީ 3 އޭ ސްޓާރ އަދި 5 އޭ ހާސިލްކޮއްފައެވެ. އޭ ސްޓަރ ހާސިލްކޮށްފައިވާ މާއްދާ ތަކަކީ ޕްރިންސިޕަލް އޮފް އެކައުންޓްސް، އިސްލާމް އަދި އެކޮނޮމިކްސްއެވެ. އޭ ފާސް ހޯދާފައިވަނީ ދިވެހި، ބިޒްނަސް ސްޓަޑީސް، ހިސާބުގެ އިތުރުން އިނގިރޭސި އަދި މެރިން ސައިންސް އެވެ.

ސްކޫލުގެ 3 ވަނަ ހާސިލްކޮށްފައިވަނީ މުހައްމަދު އަކްބަރު އަލީ އެވެ. މި ދަރިވަރު ވަނީ ފަސް މާއްދާއިން އޭ އަދި 3 މާއްދާއިން ބީ ހާސިލްކޮށްފަ އެވެ.

އެންމެ މޮޅު ތިން ދަރިވަރުން:

  • 1 ވަނަ އާމިނަތު އިބާ އާދަމް، ދަނބުގެ/ ހއ އިހަވަންދޫ
  • 2 ވަނަ އިބުރާހިމް އަހުމަދު، ރަޝިއާ/ ކުޅުދުއްފުށި
  • 3 ވަނަ މުހައްމަދު އަކްބަރު އަލީ، ޖަވާހިރުވިލާ/ ކުޅުދުއްފުށި

ސާނަވީ ނިންމާ އިމްތިހާނުން 3 މާއްދާއަށް ވުރެން ގިނަ މާއްދާއިން އޭ ފާސް ވަނީ ހަތަރު ދަރިވަރަކު ހޯދާފަ އެވެ. އެ ދަރިވަރުންނަކީ:

  • މުނީބު ހުސައިން، އޮޅުގިރި/ ކުޅުދުއްފުށި
  • ރައުފާ މުހައްމަދު، އަލިމަގު/ ކުޅުދުއްފުށި
  • އަނޫފް އިބްރާހިމް ޝާހިދު، ނަލަހިޔާގެ/ ކުޅުދުއްފުށި
  • އަފްރާދު މުހައްމަދު، ދިނަށަ/ ކުޅުދުއްފުށި

ސްކޫލަށް ރީތި ނަން ހޯދައިދީފައިވާ ދަރިވަރުންގެ ތެރޭގައި ތިން ވަރިވަރަކު ވަނީ އިނާމް ހާސިލްކޮށްފަ އެވެ. އެއީ އާމިނަތު އިބާ އާދަމް، މުހައްމަދު ޝާމް އަހުމަދު، އިފްރާން އަބޫބަކުރެވެ. އިބާ ވަނީ 2018 ވަނަ އަހަރު ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފަ އެވެ. 21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ ޝާމް ވަނީ 17 އަހަރުން ދަށުގެ 200މ އަދި 100މ ދުވުމުން އެއްވަނަ ހޯދާފަ އެވެ. އިފްރާން ހޯދި ކާމިޔާބީއަށް ބަލާއިރު އޭނާވަނީ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕުން 17 އަހަރުން ދަށުގެ ބައިން 400މ ދުވުމުން އެއްވަނަ ހޯދާފަ އެވެ.

ސްކޫލުން ހޮވި ހާއްސަ އެހެން މަގާމުތަކަށް ބަލާއިރު ކިޔެވުމަށް އެންމެ ރަނގަޅު ގާލްގައިޑަކަށް ހޮވުނީ އާއިޝަތު ހަނާން އިލްޔާސް، އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ގާލް ގައިޑްއަކަށް ހޮވިފައިވަނީ ރައުޝާ އާދަމް ވަހީދެވެ. ކިޔެވުމަށް އެންމެ ރަނގަޅު ސްކައުޓަކަށް އީޖާދު މުހައްމަދު ހޮވުނުއިރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓްގެ މަގާމު ލިބުނީ ސާޖިޢު އަލީއަށެވެ، އަދި ކިޔެވުމަށް އެންމެ ރަނގަޅު ކެޑޭޓްގެ މަގާމު ހޯދީ އަފްރާހު މުހައްމަދެވެ. އަދި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ކެޑޭޓްގެ މަގާމު ހޯދީ ރައުފާ މުހަންމަދެވެ.

މިރަސްމިއްޔާތުގައި ހދ. އެޓޯލް ކޮމާންޑަރ އޮފް ޕޮލިސް އައިޝަތު ނިޝާ އަބްދުﷲ މުފީދާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޗް އާރު ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ރަޝީދު އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން އޮފިސަރ މާޖިދާ އިބްރާހިމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި. ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސޯދިގް ވަނީ ބައިވެރިވެލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355