twitterviber whatsapp telegramfacebookyoutube instagram
20th September 2026

ހދ އަތޮޅު ކައުންސިލުން އެމްއައިބީގެ ދިހަހާސް ހިއްސާ ގަނެފި

Sep 22, 2019

ހދ އަތޮޅު ކައުންސިލުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ 10،000 ހިއްސާ ގަނެފި އެވެ.

ހދ އަތޮޅު ކައުންސިލުން އިސްލާމިކް ބޭންކުގެ ބުރާންޗް މެދުވެރިކޮށް ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން 350،000 ރުފިޔާގެ ހިއްސާ އެވެ.

ހދ އަތޮޅު ކައުންސިލުން ހިއްސާ ގަތުމަށްޓަކާ މިދިޔަ މިދިޔަ ބުދަ ދުވަހު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް އާދަމް އަލީ އެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަހުމަދެވެ.

ކައުންސިލް ރައީސް އާދަމް އަލީ ކޭއޯއަށް ވިދާޅުވީ އެ ބޭންކު ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފަ ކަމަށާއި މިކަމުގެ ސަބަބުން ދާއިމީގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ފައިދާކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ކައުންސިލްތަކަކުން ވަނީ ހިއްސާ ގަނެފަ އެވެ. ހިއްސާ ގަތުމަށް ހުޅުވާލި ފުރުސަތު ވަނީ މިއަދާ ހަމައަށް ހަމަވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293