twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޓްރަމްޕުގެ ފަރިއްކޮޅުގައި ރައީސް ބައިވެރިވެވަޑައިގެންފި

Sep 25, 2019

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވާ ގައުމު ތަކުގެ ވެރިންގެ ޝަރަފުގައި އެމެރީކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ހާއްސަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

އދ ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ރައީސުންނާއި ބޮޑު ވަޒީރުންގެ އިތުރުން ބައެއް ޤައުމުތަކުގެ އިސް ވެރިން މި ފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅަކީ، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ގައުމުތަކުގެ ވެރިންނަށް ލިބޭ ފުރުސަތެެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖެއިން އދ ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގައި ތަގުރީރު ކުރައްވާފައިވަނީ ރާއްޖޭގެ ރައީސަކު އދ ގައި ތަގުރީރު ނުކުރައްވާތާ 7 އަހަރު ފަހުންނެވެ. އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ ގައި ތަގުރީރު ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293