twitterviber whatsapp telegramfacebookyoutube instagram
19th September 2025

ފަލަސްތީނުގެ ހައްގުގައި އުރުދުޢާން ދެއްކެވި ވާހަކަފުޅަށް އެތައް ބައެއްގެ ތައުރީފް

ޚަދީޖާ އާދަމް
Sep 25, 2019

އދ ގެ 74 ވަނަ މަޖިލީހުގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުޢާން އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ވަހާކަ ދައްކަވައިފި އެވެ.

އުރުދުގާން މަޖިލީހުގައި އިއްޔެ ތަގުރީރުކުރައްވަމުން ވިދާޅުވީ މިއަދު ފަލަސްތީނު އިޒްރާއީލް އެއްކޮށް ހިފާފައިވާއިރު އެއީ މިހާރު ދުނިޔޭގައި އޮތް އެންމެ ނާއިންސާފުން ކަންކަން ހިނގަމުންދާ ތަންކަމަށެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އިޒްރާއިލުން ފަލަސްތީނުގެ ބިމަށް ވެރިވެރިވެ ގަނެފައިވާ މަންޒަރު ފެންނަ ޗާޓެއް ހިއްޕަވައިގެން ހުންނަވައި އުރުދުޢާންވަނީ އިޒްރާއީލްގެ ބޯޑަރު ކޮބާތޯވަނީ އދ ގެ ލީޑަރުންނާ ސުވާލުކޮށްފައެވެ. އަދި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްވެސް އުރުދުޢާން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް އިސްރޭލުގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށްވެސް އުރުދުޢާން ވަނީ ވާހަކަ ދައްކަވާފަ އެެވެ. މިގެ ކުރިން ފަލަސްތީން ވެސްޓް ބޭންކު މައްސަލާފައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަޔާހޫވަނީ އިލެކްޝަންގައި ކާމިޔާބުވެއްޖެ ނަމަ ވެސްޓް ބޭންކުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އުރުދުޢާން ވަނީ ތުރުކީން މިހާރުވެސް ވަމުންދާ އެހީތައް ކުރިއަށް އޮތްތަނުގައިވެސް ލިިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ތުރުކީ އަަބަދުވެސް އޮންނާނީ ފަލަސްތީނާއެކުކަމަށްވެސް ވިދާޅުވި އެވެ. އުރުދުޢާނުގެ ވާހަކަފުޅުތަކުން ގިނަ ބަޔަކު ދަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355