twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖެއިން ފްރީ ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި

Oct 1, 2019
1

އިޓަލީއިން ގާއިމްކޮށްފައި އޮތް ފްރީ-ޑައިވް ވޯލްޑް ރިކޯޑް ރާއްޖެއިން މިއަދު މުގުރާލައިފި އެވެ. ބަރޮސް އައިލެންޑް ފަޅުތެރޭގައި ކުރިއަށްގެންދިޔަ "ނޭވާ ފްރީ ޑައިވިންގް" ހަރަކާތުގައި 600 އެއްހާ ބައިވެރިންނާއެކު އެވެ.

އިޓަލީއިން މި ރެކޯޑް 2009 ވަނަ އަހަރު މުގުރާލާފައިވަނީ 280 މީހުންނާއެކުގަ އެވެ. މި ރެކޯޑް މުގުރާލުމަށް ޑައިވަރުން 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހެ އެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖެއިން ހެދި ފުރަތަމަ ވޯލްޑް ރެކޯޑެވެ. މި ރެކޯޑް ހެދުމަށް ގިނަ އަދަދެއް ބައިވެރިން ކުޅުދުއްފުށިންވެސް ބައިވެރިވި އެވެ.

މިއަދު ބޭއްވި މިހަރާކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެޑައިގެންނެވި އެވެ.ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅިގެން ކުރިއަށްގެންދިޔަ ފްރީ ޑައިވް ވޯލްޑް ރިކޯޑްގެ އިތުރުން ވެސް އިތުރު ވޯލްޑް ރިކޯޑް އެޓެމްޓްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލެ ވަށައިގެން ހިއުމަން ރިންގެއް އަޅައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަގްލިންގކުރުމުގެ ވޯލްޑް ރިކޯޑެއް ގާއިމްކުރުމަށް ނިންމާފަ އެވެ. މީގެ ފުރަތަމަ ހަރަކާތް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު އައްޑޫ ސިޓީގައި ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީން ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ތެރެއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355