twitterviber whatsapp telegramfacebookyoutube instagram
8th November 2026

ކެލަ އާއި ކުޅުދުއްފުއްޓާ ދެމެދު އެމްޓީސީސީން ލޯންޗު ފެރީގެ ހިދުމަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Oct 5, 2019

ހއ ކެލާއިން ކުޅުދުއްފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީ ފުޅާކޮށްފި އެވެ. ކެލާގައި މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝާހެވެ.

ފެރީގެ ދަތުރުތައް އޮންނަ ރަށްތަކަކީ ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ. ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގައި އެވެ.

ކެލާއިން ކުޅުދުއްފުއްޓަށް ފުރަން ހަމަޖެހިފައިވަނީ ހެނދުނު 6:30 ގަ އެވެ. އަދި އެއާއެކު ވަށަފަރު، ފިއްލަދޫ، ބާރަށް، ހަނިމާދޫއަށް ޖެއްސުމަށްފަހު ކުޅުދުއްފުއްޓަށް އާދެވޭނީ ހެނދުނު 7:50 ގަ އެވެ. ކުޅުދުއްފުށީ ފުރުން ހަމަޖެހިފައިވަނީ މެންދުރުފަހު 14:30 ގަ އެވެ.

ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކުން 3001462، 3001463 ނަމްބަރާ ގުޅުވުމުން ޓިކެޓް ލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293