twitterviber whatsapp telegramfacebookyoutube instagram
30th May 2023

ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގައި ޒުވާނެއްގެ ބޮލަށް އަނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 8, 2019
3

ކުޅުދުއްފުށީގައި ރަށު ޕިކަޕާއި ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ގާތްގަނޑަކަށް މިއަދު 1:50 އެހާއިރު، ނިކަގަސްމަގު، ރަތްދޫލަ ފިހާރަ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހައަށެވެ.

އަނިޔާވީ ސައިކަލް ދުއްވަން އިން އުމުރުން 24 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އަނިޔާވެފައިވަނީ އޭނާގެ ބޮލަށްކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ހޮސްޕިޓަލުން ބުނީ އަނިޔާވެފައިވަނީ ބޮލަށް ކަމަށާއި އިތުރު ފަރުވާދެމުންދާތީ ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.

އެކްސިޑެންޓްވި މަންޒަރު ފެނުނު ބައެއް މީހުން ކޭއޯއާ ވާހަކަދައްކަމުން ބުނީ އެކްސިޑެންޓްވުމާއެކު ސައިކަލް ދުއްވަން އިން ޒުވާނާ ހޭނެތިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަކަށް ގެންދިޔައިރުވެސް ހަރަކާތްނުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355